ކައިވެންޏަށް 50 އަހަރު ފުރުނުއިރުވެސް ނުސީދާ ގޮތަކަށް ހިލޭ އަންހެނަކަށް ބަލައިވެސްނުލައި ޙަޔާތް ހޭދަކުރި ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެންޏަށް 50 އަހަރު ފުރުނުއިރުވެސް ނުސީދާ ގޮތަކަށް ހިލޭ އަންހެނަކަށް ބަލައިވެސްނުލައި ޙަޔާތް ހޭދަކުރި ފިރިއެއްގެ ވާހަކަ-

ބައެއް ފިރިހެނުން ފަދައިން އަހުރެންވެސް ކައިވެނިކުރީ ވަރަށް ޒުވާން ޢުމުރުގައެވެ. އެންމެ 20 އަހަރުގައެވެ. ކައިވެނިކުރުމަށްފަހު އެކުވެރިންނާއި ދުރަށް ޖެހިލީމެވެ. ލިބޭ ހުރިހާ ވަޤުތެއް އަނބިމިހާއާއިއެކު ހޭދަކުރަންފެށީމެވެ. 

ކައިވެންޏަށް 5 އަހަރުފުރުން ފާހަގަކުރިރޭ އެކުވެރިންގެ ފަރާތުން ޝަކުވާތައް ކުރިމަތިކުރުވިއެވެ. ރޭގަނޑު އެކުވެރިންނާއިއެކުގައި ތަންތަނަށް ނުދާތީއެވެ. އަހުރެން ބުނީމެވެ. "އަހުރެންގެ ޜޭގަނޑުގެ އެކުވެރިއަކީ އަނބިމީހާއެވެ. ބަނޑުހައިވެއްޖެނަމަ އެންމެ މީރު އެއްޗެތި ކާންދެއެވެ. ފިނިވެއްޖެނަމަ ހީފިލުވައިދެއެވެ. ހޫނުވެއްޖެނަމަ ފިނިކަން ހޯދައިދެއެވެ. އެހެންވެ އަހުރެން ޤަޞްދުކުރަނީ އިތުރު އަންހެނަކު އަހުރެންގެ ލޮލަށް ނުފެންނާނެ ގޮތަށް އުޅޭށެވެ. ލޮލަށް އިތުރު އަންހެނަކު ނުފެނި ޢުމުރު ހޭދަކޮށްލާށެވެ!" 

އަހުރެމެންގެ ކައިވެނި ވަރަށް ކާމިޔާބެވެ. ކައިވެންޏަށް ރަންޔޫބީލް ފާހަގަކުރި ރޭ ބައެއް އެކުވެރިން އަހުރެމެންގެ ކައިވެންޏަށް 5 އަހަރު ފުރުން ފާހަގަކުރި ރޭ އަހުރެން ދެއްކި ވާހަކަތައް ހަނދާންކޮށްދިނެވެ. ފާއިތުވި 50 އަހަރު ހަމަ އެހެން އަންހެނަކު ލޮލަށް ނުފެންނަނީތޯ ސުވާލުކުރިއެވެ. 

ޖަވާބުގައި ބުނީމެވެ. "ލޮލާ ދިމާވާ މީހުން ފެންނާނެތާއެވެ! އެކަމަކު ފެނުނު ކަމަކަށް ނުހަދަމެވެ. ނުސީދާ ގޮތަކަށް އަނބިމީހާ ނޫން އަންހެއްގެގައި ނުބީހުމުގެ އިތުރުން ބަލައިވެސް ނުލަމެވެ. އެއީ ބަލައިލާނަމަ ބީހިލެވޭނެތީއެވެ. އެކަމަށް އަނބިމީހާ ހެކިދޭނެއެވެ. ކެތްތެރިކަން ލިބުނީ އަނބިމީހާގެ ހެޔޮކަމާއި ދިން ލޯބިންނެވެ." 

މިވާހަކަ ކިޔައިލަން ލިބުމުން ހިތަށް އެރިއެވެ. މިފަދަ ފިރިންވެސް އެބަތިބިތާއެވެ! އެކަމަކު ގިނަ ބައަކަށް ވެގެން މިއުޅެނީ ކިހިނަކުން ހެއްޔެވެ؟ އިތުރަށް ބަހެއް ބުނާކަށް ނެތީމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން