ބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކު ކަމުގައި ލެއްވެވުން އެދިގެން ކުރެވިދާނެ ބައެއް ދުޢާތައް-

ކިޔުމަށް ހޭދަވާނީ 7މ 38ސ
ބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކު ކަމުގައި ލެއްވެވުން އެދިގެން ކުރެވިދާނެ ބައެއް ދުޢާތައް-

ޢާއިޝަތު ރަފާޙް ޢަލީ

ނަރަކައާއި ނަރަކައިގެ ގަދަފަދަ ޢަޛާބަށްވުރެ ބިރުހުރި ކަމެއް ނެތެވެ. ދުނިޔޭގައި ތިބެގެން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކު ކަމުގައިވުމަށް އެދިގެން ކުރަންހުރި މަސައްކަތްތަކެވެ. އެކަމަށް މަސައްކަތްކުރަމުންވެސް ގިނަގިނައިން ދުޢާކުރަންވާނެއެވެ.

ނަރަކަ އަކީ ﷲ ތަޢާލާއަށް އުރެދިފައިވާ މީހުންނަށް އުފައްދަވާފައިވާ ތަނެކެވެ. ﷲ ތަޢާލާ ޞާދު ސޫރަތުގެ 55 އަދި 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ه 

َٰذَا ۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٍ ﴿٥٥﴾‏ جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ ﴿٥٦﴾‏ 

މާނައީ: ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ. (55) (އެއީ) جهنم އެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! (56)  

އެގޮތުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ނަރަކައިން ސަލާމަތްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާތަކެވެ. 

·   އާލް ޢިމްރާން ސޫރަތުގެ 16 ވަނަ އާޔަތް: 

رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴿١٦﴾‏ 

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ! (16)" 

·   ބަޤަރާ ސޫރަތުގެ 201 ވަނަ އާޔަތް: 

رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴿٢٠١﴾‏ 

މާނައީ: [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ] 

·  ފުރްޤާން 65 ވަނަ އާޔަތް: 

رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾‏ 

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ." 

·  (( اللَّهُمَّ رَبَّ جِبْرَائِيلَ، وَمِيكَائِيلَ، وَرَبَّ إِسْرَافِيلَ، أَعُوذُ بِكَ مِنَ حَرِّ النَّارِ، وَمِنْ عَذَابِ الْقَبْرِ)) 

މާނައީ: އޭ ﷲއެވެ. އޭ ޖިބްރީލްގެފާނާއި މީކާއީލްގެފާނާއި އިސްރާފީލްގެފާނުގެ ވެރި އިލާހެވެ. ނަރަކައިގެ ހޫނުންނާއި އަދި ކަށްވަޅުގެ ޢަޛާބުން މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ." 

شرح دعاء" اللهم رب جبرائيل، وميكائيل، ورب إسرافيل، أعوذ بك من حر النار، ومن عذاب القبر" - الكلم الطيب (kalemtayeb.com) 

·  اللهم إني أسألك الجنَّة، وأعوذ بك من النَّار 

މާނައީ: "އޭ ﷲއެވެ. ހަމަކަށަވަރުން ސުވަރުގެ މިންވަރުކޮށްދެއްވުމަށް ތިޔަ އިލާހުގެ ޙަޟްރަތުން މިއަޅާ އެދެމެވެ. އަދި ތިޔަ އިލާހުގެ ޙަޟްރަތުން ނަރަކައިން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ."

(136) الدعاء بعد التشهد الأخير قبل السلام "اللهم إني أسألك الجنة وأعوذ بك من النار" - الموقع الرسمي للشيخ أ. د. خالد السبت (khaledalsabt.com) 

اللَّهمَّ إنِّي أسألُكَ الجنَّةَ وما قرَّبَ إليها من قَولٍ أو عملٍ ، وأعوذُ بِكَ منَ النَّارِ وما قرَّبَ إليها من قولٍ أو عملٍ ، وأسألُكَ أن تجعلَ كلَّ قَضاءٍ قضيتَهُ لي خيرًا 

މާނައީ: "އޭ ﷲ! މިއަޅާ އިބަ އަށް އެދެނީ މިއަޅާއަށް ސުވަރުގެ ދެއްވުމަށެވެ. އަދި އެސުވަރުގެއާއި ކައިރިކުރުވާ ޢަމަލުތަކާއި ބަސްތަކަށް މިއަޅާއަށް ތައުފީޤް ދެއްވުމަށެވެ. އަދި މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެނީ ނަރަކައިންނެވެ. އަދި އެނަރަކައާއި ކައިރިކުރުވާ ބަސްތަކާއި ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވުމަށެވެ. الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

·  ((اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ)) 

މާނައީ: "އޭ ﷲ އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. އަޅަމެންނަށް ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ އަޛާބުން އަލަމެން ދިންނަވާންދޭވެ!"

https://kalemtayeb.com/safahat/item/3092

 

މިއަދު އޮންލައިން