ސުންނަތް އަދާކުރުމަށް ފަރުޟު ނަމާދުކުރަންހުރި ތަން ބަދަލުކުރަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސުންނަތް އަދާކުރުމަށް ފަރުޟު ނަމާދުކުރަންހުރި ތަން ބަދަލުކުރަންވީ ކީއްވެ؟

މިއީ ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އޮޅުންއަރާ ކަމެކެވެ. ޖަމާޢަތް ނިމިގެން އެންމެން ސަފުގައި ޛިކުރުކުރަން ތިބޭއިރުވެސް (ހުސްޖާގަ ނެތަސް) ތަން ބަދަލުކޮށްލެވޭނެ ވަރަށް ފަސޭހަ ގޮތެއްވެސް އޮވެއެވެ. އެއީ ޖެހިގެން އިން މިހާ އާއި ދެމީހުން ތިބިތަން ބަދަލުކޮށްލުމެވެ. ކަމުގެ މުހިންމުކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ސުވާލު: ފަރުޟު ނަމާދުކުރުމަށްފަހު ސުންނަތް އަދާކުރާނަމަ ތަން (ފުރުޟު ނަމާދުކުރަން ހުރިތަން ނޫން އެހެން ތަނަކަށް) ބަދަލުކުރުމަށް ދަލީލެއް އައިސްފައިވޭ ހެއްޔެވެ؟ 

ޖަވާބު: އާނއެކެވެ. އެކަމުގައި މުޢާވިޔާ رضي الله عنه ގެ އަރިހުން ޙަދީޘެއް ވާރިދުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

"ހަމަކަށަވަރުން އެއް ނަމާދު އަނެއްނަމާދާ ނުގުޅުވުމަށް ނަބިއްޔާ صلى الله عليه وسلم އަޅުގަނޑުމެންނަށް އަމުރުކުރެއްވިއެވެ. އެއީ އެދެމެދުގައި ވާހަކައެއް ދެއްކުން ނުވަތަ ނުކުތުމެއް ނުވާނަމައެވެ.  (އެބަހީ: އެއްނަމާދަށްފަހު އަނެއް ނަމާދުކުރާނަމަ އެދެމެދުގައި ވާހަކައެއް ދައްކާލާށެވެ. ނުވަތަ ތަން ބަދަލުކޮށްލާށެވެ.)"  [1]

ޢިލްމުވެރިން މިޙަދީޘުން ނަންގަވާފައިވާ މާނައަކީ ފަރުޟުނަމާދާއި ސުންނަތް ނަމާދު ވަކިކޮށްލުމަށެވެ. އެއީ އެދެމެދުގައި ވާހަކައެއް ދައްކައިގެންނެވެ. ނުވަތަ ތަން ބަދަލުކޮށްގެންނެވެ. 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله 

مجموع فتاوى ورسائل الشيخ محمد صالح العثيمينالمجلد الرابع عشرباب صلاة التطوع.

[1]رواه مسلم / كتاب: الجمعة / باب: الصلاة بعد الجمعة

 

- ދިސަލަފިއްޔާ

 

މިއަދު އޮންލައިން