އަހުރެމެންގެ މައްޗަށް ފަރުޟުކުރައްވަވާފައިވަނީ 5 ނަމާދެވެ. އަދި އެނަމާދުތައް ކުރަން އަންގަވާފައި ވަނީ ވަކި ވަޤުތުތަކެއްގައެވެ. ރޭގަނޑާއި ދުވަސް ހިމެނިގެންދާނެ ގޮތަށެވެ.
ދެން ވިސްނައިލާށެވެ! ފަރުޟް 5 ނަމާދު އެއްވަޤުތެއްގައި ކުރުމަކުން އަދި 5 ވަޤްތެއްގައި ކުރުމަކުން ﷲ ތަޢާލާގެ ޙަޟްރަތަށް އަންނާނެ އެއްވެސް ބަދަލެއް ނެތެވެ. ޛައްރެއްގެ މިނަވަރުގެ ބަދަލެއްވެސް ނެތެވެ. އެހެންކަމަށްވާއިރު 5 ވަޤުއްގައި ކުރަން އަންގަވާފައި އެއޮތީ ކީއްވެގެން ހެއްޔެވެ؟
އަހުރެންގެ ވިސްނުމުން ބުނާނަމަ އެއީ ހަމަ އަހުރެމެންގެ ފައިދާއަކަށެވެ. މުޅި ދުވަހު ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ.
ފަރުޟް 5 ނަމާދު އެނަމާދުތަކުގެ ވަޤުތުގައި ކުރާނަމަ:
1 އެމީހަކަށް އެހުރެވެނީ މުޅި ދުވަހު ﷲ ތަޢާލާގެ ރަޙްމަތުގައެވެ.
2 އެމީހަކަށް ހުރެވޭނީ އެމީހެއްގެ ހިތަށް އަބަދުވެސް ހމަޖެހުން ލިބިގެންނެވެ.
3 ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.
މިއީ އަތްމަތިދަތިކަމާއި ހިތްހަމަނުޖެހުމުގައި އަދި ހާސްވެ ކަންބޮޑުވެގެން ތިބި އެންމެންނަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މަގެވެ. އަހުރެންގެ މިނަޞީޙަތް ވީހައި ގިނަ ބައަކަށް ފަތުރައިދޭށެވެ! ތިބާގެ ސަބަބުން މީހެއްގެ ހިތަށް ހަމަޖެހުން ލިބިއްޖެނަމަ އެކަމަށް ޘަވާބު ދެއްވަވާނެތެވެ. ހަމަ ޔަޤީނުންވެސް މީހުންގެ ހިތްތކަށް ހަމަޖެހުން ގެނެސްދޭން މަސައްކަތްކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން