ހިތްދަތިކަމާ ދަތިއުނދަގޫ ޙާލަތުން ސަލާމަތްކުރެއްވެވުން އެދިގެންވެސް ޞަލަވާތްކިޔެވުން ގިނަކުރާށެވެ!

ކިޔުމަށް ހޭދަވާނީ 1މ 57ސ
ހިތްދަތިކަމާ ދަތިއުނދަގޫ ޙާލަތުން ސަލާމަތްކުރެއްވެވުން އެދިގެންވެސް ޞަލަވާތްކިޔެވުން ގިނަކުރާށެވެ!

ސިއުޒާ

 

ސަލަވާތައް ވެގެންދާގޮތް އެނގޭތަ؟ 

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ، އަޅުގަނޑުމެން ހުކުރު ދުވަހުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް އެބަ ޞަލަވާތް ކިޔަވަމު. މި ޞަލަވާތަށް ވެގެންދާގޮތް އެއްވެސް ބޭފުޅަކަށް އެނގިލައްވާތޯ؟ 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވޭ، އަޅުގަނޑުމެންގެ ތެރެއިން މީހަކު އެކަލޭގެފާނަށް ޞަލަވާތް ކިޔަވައިފިކަމުގައި ވަނީނަމަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އެމީހެއްގެ ޞަލަވާތް ރައްދު ކުރައްވައެވެ. އަދި އެކަލޭގެފާނު އެއަށް ޢިޖާބަ ދެއްވާ ކަމުގަ. 

އެހެންކަމުން މީ އަޅުގަނޑުމެން ގިނަގިނައިން ކުރަންވީ ކަމެއް. އަޅުގަނޑުމެން މިފަދައިން ޞަލަވާތް ކިޔަވައިފިކަމުގައި ވަނީނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ޙަޔާތުގައިވާ ދަތިތައް އެބަ ގެންދަވާ. އަޅުގަނޑުމެންނަށް އުފާވެރިކަން އެބަ ދެއްވާ. އަޅުގަނޑުމެންގެ ހިތަށް ހަމަޖެހުން އެބަދެއްވާ. އެހެންވެ ކީރިތި ޤުރުއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢީމާނުގެ އަހުލުވެރިންނަށް ގޮވާލައްވަނީ އެކަލޭގެފާނަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށް. މާތް ﷲ ވަޙީ ކުރައްވަނީ، އަޅުގަނޑުމެން ހުކުރު ދުވަހުވެސް ވަރަށް ގިނައިން މިންބަރުން އަޑުއަހާ އާޔަތެއް މީ. (إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا) " ހަމަކަށަވަރުން ﷲ އާއި މަލާއިކަތް ބޭކަލުން މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ ޢީމާންވެއްޖެ މީސްތަކުންނޭވެ، ތިޔަބައިމީހުންވެސް އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ. އަދި ސަލާމް ލެއްވުންއެދި ގިނަގިނައިން ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ދުޢާ ކުރާށެވެ.

 

- ނަޞީޙަތް

މިއަދު އޮންލައިން