ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނާނެ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނާނެ 2 ކަމެއް!

ފުރަތަމަ ކަމަކަށް ކޮންމެ މީހަކާއި ވާހަކަދެއްކިނަމަވެސް ލޯތްބާއި އޯގާތެރިކަމާއިއެކު ވާހަކަދައްކާށެވެ! އެންމެންނަކީ އެމީހުންނަށް ކުރިމަތިވެފައިވާ ކަންކަމުގެ ވާހަކަ އެންމެންނަށް ހާމަކުރާނެ ބައެއް ނޫނެވެ.

ވީމާ ވާހހަކަ ދެކެވޭ މީހާހުރީ ކިހައިވަރެއްގެ ކަންބޮޑުވުމެއްގައިކަމެއް ނުއެނގޭނެއެވެ. ބަސް ބުނެވޭ ރާގުންވެސް ޢިބާރާތުންވެސް އެމީހާގެ ހިތަށް ކިތަންމެ ބޮޑު އަސަރެއްވެސް ކޮށްފާނެއެވެ.

ދެވަނަ ކަމަކަށް ކޮންމެ މީހަކާއިމެދުވެސް ހެޔޮކޮށް ހިތާށެވެ! އޯގާތެރިވާށެވެ! އެހީތެރިވެދޭށެވެ! އަނެކާ އެހުރީ ތިބާގެ އެހީތެރިކަމަށް ކިހައި ބޮޑަކަށް ބޭނުންވެފައިކަމެއް ނުވެސް އެނގޭނެއެވެ. އެއީ އެންމެންނަކީ ކިތަންމެ ދަތިޙާލުގައި އުޅުނު ނަމަވެސް އެހީތެރިކަމަށް އެދި އަތްދިއްކުރާނެ ބައެއް ނޫނެވެ.

މީހަކު އެހެން މީހުންނަށް އެހީތެރިވުންމަތީގައި ހުންނަނަމަ ﷲ ތަޢާލާ ވޮޑިގެންވަނީ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައެވެ.

މި 2 ކަންތަކުގައި ސާބިތުވެއްޖެ މީހަކަށް އެހެރުވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބިލިބިއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން