ބައިވެރިޔާއަށް މަކަރުހަދާ ކަމުގެ އެއްވެސް ހެއްކެއް ނުފެނުނަސް މަކަރުހަދާނަމަ ބައިވެރިޔާއަށް އެނގޭނެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބައިވެރިޔާއަށް މަކަރުހަދާ ކަމުގެ އެއްވެސް ހެއްކެއް ނުފެނުނަސް މަކަރުހަދާނަމަ ބައިވެރިޔާއަށް އެނގޭނެ ހެއްޔެވެ؟

ބައިވެރިޔާއަށް މަކަރުހަދާ ކަމުގެ އެއްވެސް ހެއްކެއް ނުފެނުނަސް މަކަރުހަދާނަމަ ބައިވެރިޔާއަށް އެނގޭނެ ހެއްޔެވެ؟ 

މިއީ ވަރަށް ގިނައިން ކުރިމަތިކުރުވާ ސުވާލެކެވެ. ސުވާލުކުރާ ސަބަބެއް ނުއެނގެއެވެ. އެމީހުން ނުބުނާތީއެވެ. ހީވަނީ އެކަންކުރެވޭތީ ގަންނަ ބިރަކުން ކުރާ ސުވާލެއް ހެންނެވެ. ސުވާލުގެ ޖަވާބަކީ ބައިވެރިޔާއަކީ ތިބާއަށް ވަފާތެރި ބައިވެރިއެއްނަމަ އެނގޭނެއެވެ. ހަމައެކަނި ނުފެންނާނީ ހެއްކެވެ. މަކަރުހަދާކަން ޔަޤީންކުރެވޭނެއެވެ.

ފުރަތަމަ ކަމަކީ ކިތަންމެ ބޮޑަށް ފޮރުވައި ނޫންކަމަށް ހެދިގެން އުޅުނަސް ޢަމަލުތަކަށް ބަދަލުތަކެއް އަންނާނެކަމެވެ. ދެމަފިރިންގެ ގުޅުމަށް ބަދަލުތަކެއް އަންނާނެކަމެވެ. އަދި އެފަދަ ކަމެއް ނުދައްކަން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ބުނެވޭ ބަސްތަކުންނާއި ޢަމަލުކުރެވޭ ގޮތް ތަފާތުވެގެންދާނެކަމެވެ. ފަރުވާވެސް ކުޑަކުރެވޭނެއެވެ. މަކަރުހަދާ މީހާއަށް ތިމާއަށް އެބަދަލުތައް އަންނަކަން ނުއެނގުނަސް އަނެކާއަށް އެނގޭނެއެވެ. އެކަންކަން އިޙްޞާޞްކުރެވޭނެއެވެ. 

ބައެއް ޙާލަތްތަކުގައިވާ ގޮތަކީ އެކަންކަމުގެ ވާހަކަ  ބައިވެރިޔާ ނުދައްކަނީއެވެ. ނުދެއްކީމާ ވިސްނެނީ ނުއެނގޭތީ ނުދައްކަނީކަމަށެވެ. ނުދައްކާ ސަބަބަކީ ހެކި ނެތި އެވާހަކަ ދެއްކިޔަސް އިތުރަށް ކަންކަން ގޯސްވުން ނޫން ކަމެއް މެދުވެރިނުވާނެކަން ޔަޤީންކުރެވޭތީ "ފިއްތައިގެން" ހުންނަނީއެވެ.  

އަހުރެންގެ ނަޞީޙަތަކީ ބައިވެރިޔާއަށް މަކަރުނުހަދާށެވެ. ލޮލަށް ނުފެންނާތީ ޔަޤީންނުކުރެވުނަސް އޭނާގެ އިޙްޞާޞްތައް އެކަންކަން އޭނާއަށް އުނދަގޫކުރާނެއެވެ. ޝަކުވާ ނުކުރިނަމަވެސް ހުރެވޭނީ ދެރަވެގެންނެވެ. ކަންބޮޑުވެގެންނެވެ. ވީމާ އެކަންކަންވާނީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އެއްވެސް މީހަކަށް އަނިޔާކޮށްފައި އުފަލުގައި އުޅެވޭނެކަމަށް އުންމީދުވެސް ނުކުރާށެވެ!  

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

 

މިއަދު އޮންލައިން