ބަލިވެ އުޅެންޖެހުނަސް ދެރަނުވާށެވެ! ބަލިވެ އުޅެން ނުޖެހުނު މީހުން ޤިޔާމަތް ދުވަހު ހިތާމަކޮށް ކަރުނައަޅާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބަލިވެ އުޅެންޖެހުނަސް ދެރަނުވާށެވެ! ބަލިވެ އުޅެން ނުޖެހުނު މީހުން ޤިޔާމަތް ދުވަހު ހިތާމަކޮށް ކަރުނައަޅާނެ!

ބަލިޙާލެއް ކުރިމަތިވެއްޖެނަމަ އެކަމަށް ހިތާމަކުރަމުން ގޮސް ބަލިން ލިބޭ ގެއްލުމަށްވުރެ ކުރާ ހިތާމައިން ލިބޭ ގެއްލުން ބޮޑުވާ ހިސާބަށް ކަންކަން އެބަދެއެވެ. މާޔޫސްކަން ބޮޑުވެ ބޭސްފަރުވާކުރަން ފަރުވާކުޑަކުރުމުގެ ސަބަބުން ބަލިބޮޑުވެ ދުނިޔެއާއި ވަކިވާންޖެހިފައިވެސް އެބަހުއްޓެވެ.  

ޢިބްރަތްތެރި ޙާދިސާއެއް ކިޔައިދޭނަމެވެ.  

މީހަކު ޖަމަލެއްގެމަތިން ވެއްޓި ފައި ބިނދުމުން ބުންޏެވެ. "އަލްޙަމްދުލިﷲ އެވެ! މިފަދަ މުޞީބާތްތައް ދުނިޔޭގައި ނުޖައްސަވާނަމަ އަހުރެމެންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނީ ހުސްއަތާއެވެ. މާނައަކީ އެކަން ކުރިމަތި ނުކުރެއްވެވިނަމަ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ދެއްވަވާ މަތިވެރި ޘަވާބު އޭނާއަށް ނުލިބުނީސްކަމެވެ.  

އަދިވެސް ވިސްނައިލާށެވެ! ދުނިޔޭގައި ބަލިޙާލުގައި އުޅެންޖެހި އެކަމަށް ކެތްތެރިވީ މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ ގިނަގުނަ ޘަވާބުތައް ފެނުމުން ބަލިޙާލުގައި އުޅެން ނުޖެހުނު މީހުން އެމީހުންގެ ގައަށް އަމިއްލައަށް އެއްޗެއް ހަރައިގެން ނަމަވެސް އަބަދުވެސް ވޭނެއްގައި އުޅެންޖެހުނު ނަމައެވެ ހިތަށް އަރާނެއެވެ. 

ވީމާ ތިމާ ބަލިވި ނަމަވެސް އަދި އެހެން ބާވަތެއްގެ ކަމަކުން ނަމަވެސް ތަކްލީފެއް އުފުލަން ޖެހިއްޖެނަމަ އުފާކުރާށެވެ! ކެތްތެރިކަން ލިބިގަންނާށެވެ! އެކަން ކުރިމަތިކުރެއްވެވީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޤަބޫލުކުރާށެވެ! އެއިރުން އަޅާވޭން ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން