ޙައްޤުބަސްބުނެ ހެޔޮނަޞޭޙަތް ދިނީމާ ހަރުކަށިވަނީކަމަށް ބުނާ ބައިވެރިއަކާއެކު ހަމަޖެހުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޙައްޤުބަސްބުނެ ހެޔޮނަޞޭޙަތް ދިނީމާ ހަރުކަށިވަނީކަމަށް ބުނާ ބައިވެރިއަކާއެކު ހަމަޖެހުމެއް ނުލިބޭނެ!

ހެޔޮލަފާ ފިރިންގެ ކިބައިގައިވެސް އަނބިންގެ ކިބައިގައިވެސް ހަރުދަނާ ސިފަތަކެއް ހުންނާނެއެވެ. ބައިވެރިޔާ ނުރަނގަޅު މަގަކުންދާނަމަ ޙައްޤުބަސްބުނެ ވިސްނައިދޭން މަސައްކަތްކުރާނެއެވެ. ހެޔޮ ނަޞީޙަތްދޭނެއެވެ. 

އެހިސާބުން އެއީ ހަރުކަށިވުން ކަމަށް ބައިވެރިޔާ ބުނެފިނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ހަރުކަށިވުމަކީ ޙައްޤުބަސްބުނެ ހެޔޮ ނަޞީޙަތް ނުދިނުމެވެ. ޢަމަލުތައް އިޞްލާޙްކުރަން ނުބުނުމެވެ. 

ސަބަބަކީ ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކީ ހެޔޮލަފާ ދިރިއުޅުމެކެވެ. ދެމަފިރިން އެކުގައި އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ. އެކަންކަން ނުކުރެވޭނަމަ ކައިވެނީގެ ޙަޤީޤީ ފައިދާއެއް ނުކުރާނެއެވެ. 

ވީމާ ކުރިން މިބަޔާންކުރި ފަދަ ޙާލަތެއްގައި އެއީ ހަރުކަށިވުންކަމަށްބުނެފިނަމަ އަދި އެބަހުގައި ހިހައްޓައިފިނަމަ އެމީހަކާއި ވަކިވާށެވެ. އެފަދަ މީހަކާއިއެކު ދިރިއުޅެން ކުރާ މަސައްކަތް ކާމިޔާބުކުރެވުމަކީ ވަރަށް ދުރުގައި އޮތް ކަމެކެވެ. 

މިހުރީ ޚާއްޞަ ވާހަކަތަކެއް ނޫނެވެ. ފައިދާހުރި ގޮތަސް ކައިވެނި ދަމަހައްޓަން އަދި ދިރިއުޅުން ކާމިޔާބުކުރަން ދޭންޖެހޭ އެންމެ އަސާސީ ނަބީޙަތްތަކެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން