ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމް ދީނުގައި ﷲ ތަޢާލާ ވަނީ މީސްތަކުން ކުރަންހުރި ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ބަޔާންކޮށްދެއްވަވައިފައެވެ. އަދި ގިނަ ގިނައިން ހެޔޮ ޢަމަލުކުރުމަށް އަންގަވާފައިވެއެވެ. އަދި ނުބައި ޢަމަލުތައް ނުކުރުމަށާއި ނުބައި ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށް އަންގަވާފައިވެއެވެ.
އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ ނުބައި ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ދުޢާތަކެވެ.
· ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ، وَمِنْ شَرِّ مَا لَمْ أَعْمَلْ))
މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. މިއަޅާއަށް ކުރެވިފައިވާ ޢަމަލުތަކުގެ ނުބައިކަމުންނާއި މިއަޅާއަށް ކުރެވިފައިނުވާ ޢަމަލުތަކުގެ ނުބައިކަމުން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދި ދަންނަވަމެވެ."
شرح دعاء "اللهم إني أعوذ بك من شر ما عملت، ومن شر ما لم أعمل" - الكلم الطيب (kalemtayeb.com)
· اللهم إني أعوذ بك من فتنة النار ومن عذاب النار، وأعوذ بك من فتنة القبر، وأعوذ بك من عذاب القبر، وأعوذ بك من فتنة الغنى، وأعوذ بك من فتنة الفقر، وأعوذ بك من فتنة المسيح الدجال.
މާނައީ: އަޅުގެ ވެރިއިލާހެވެ! ނަރަކައިގެ ފިތުނައިންނާއި ނަރަކައިގެ ޢަޛާބުން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ. އަދި ޤަބުރުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ. ޤަބުރުގެ ޢަޛާބުން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ. އަދި މުއްސަނދިކަމުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ. އަދި ފަޤީރުކަމުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ. އަދި މަސީހުއް ދައްޖާލުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ."
اللهم إني أعوذ بك من فتنة الغنى وأعوذ بك من فتنة الفقر - صحيح البخاري (hadithprophet.com)
· اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلمٍ لا يَنْفَعُ، ومِنْ قَلْبٍ لاَ يخْشَعُ، وَمِنْ نَفْسٍ لاَ تَشبَعُ، ومِنْ دَعْوةٍ لا يُسْتجابُ لهَا
މާނައީ:" އަޅުގެ ވެރިއިލާހެވެ! ފައިދާނުކުރާ ޢިލްމާއި، އިބައިލާހަށް ބިރުވެތިނުވާ ހިތާއި، ފުދުންތެރި ނުވާ ނަފްސާއި، އިޖާބަނުކުރެއްވޭ ދުޢާއިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ."
· اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ))
މާނައީ:"އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.
· اللَّهمَّ إِنِّي أَعُوذُ بِكَ مِن منْكَرَاتِ الأَخلاقِ، والأعْمَالِ والأَهْواءِ
މާނައީ: "އޭ ﷲ! ނުބައި އަޚްލާޤުންނާއި ނުބައި ޢަމަލުތަކުންނާއި ހަވާނަފްސުގެ އެދުންތަކުން، އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ."
466 من حديث: (اللهم إني أعوذ بك من منكرات الأخلاق والأعمال والأهواء) (binbaz.org.sa)
· اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ))
މާނައީ: " އޭ ﷲ! ބަލާވެރިކަމުގެ ދަތިކަމުންނާއި، އަބާއްޖަވެރިކަމުގެ ދަށްކަމުންނާއި، މިންވަރުގެ ނުބައިކަމުންނާއި އަދި މިއަޅާގެ ޢަދާވާތްތެރިން މިއަޅާއަށް ދިމާވާ ދެރަކަންތައްތަކާއި އުފާކޮށްހެދުމުން މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ހޯދަމެވެ."