ކަންބޮޑުވުންތަކުން ސަލާމަތްވެވި ހިތްހަަމަޖެހިގެން ހުންނަން ބޭނުންމީހުންނަށް އެކަން ޙާޞިލުކުރެވެން އޮތް ހަމައެކަނި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަންބޮޑުވުންތަކުން ސަލާމަތްވެވި ހިތްހަަމަޖެހިގެން ހުންނަން ބޭނުންމީހުންނަށް އެކަން ޙާޞިލުކުރެވެން އޮތް ހަމައެކަނި ގޮތް-

އަޅުގަނޑަކީ ފުދިގެން ދުނިޔޭގަ އުޅޭ މީހަކީމެވެ. ދިރިއުޅެވޭ ވަރަށް އަތުގައި ފައިސާ އެބަހުއްޓެވެ. ދިރިއުޅޭނެ ތަނެއްވެސް އެބަހުއްޓެވެ. އަނބިދަރިންވެސް އެބަ ތިއްބެވެ. އެކަމަކު ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެއި ކީއްވެގެންތޯ؟ އެކަމަށް ކުރެވޭނީ ކޮންފަރުވާއެއްތޯ؟ 

ކިޔުންތެރިޔާގެ ތިއަ މައްސަލައަށް އޮތީ އެންމެ ފަރުވާއެކެވެ. އެފަރުވާ އާއި ތިއަ ޙާލަތު މެދުވެރިވާ ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އން ޝާ ﷲ 

ދުނިޔޭގައިވިޔަސް އަމިއްލަ ގޭތެރޭގައިވިޔަސް އަދި އަމިއްލަ ވިސްނުމުގައި ވިޔަސް ހަމަޖެހުމާއި އުފާވެރިކަން ނުލިބިގެން އުޅެންޖެހޭ ސަބަބަކީ އެމީހެއްގެ ހިތަށް ހަމަޖެހުން ނުލިބޭތީއެވެ. ދުނިޔޭގެ ކިތަންމެ ބައިވަރު ނިޢުމަތްތަކެއް ލިބުނަސް އެމީހެއްގެ ހިތަށް ހަޖަހުން ނުލިބޭނަމަ އެމީހަކު އަބަދުވެސް ހުންނާނީ ހާސްކަމާއި ކަންބޮޑުވުމުގައެވެ. 

ހިތަށް ހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެމީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކުންނެވެ. މިކަމަކީ ކީރތި ޤުރްއާނުން އެނެގެން އޮތްކަމެކެވެ. 

ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގައި ހަމަޖެހުން ނެތީ ކީއްވެގެންހެއްޔެވެ؟ ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންނަށް ހަމަޖެހުން ނުލިބިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބެކެވެ. ﷲ ތަޢާލާގެ ފޮތާއި ދުރުހެލިވެވިފައިވުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭތީއެވެ. 

ވީމާ ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި އުޅެންޖެހުނަސް ކިތަންމެ ހިތްދަތި ޙާލުގައި އުޅެންޖެހުނަސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! ހުރިހާ މައްސަލަތަކެއް ޙައްލުވެ ހިތަށް ހަމަޖެހުން ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން