ތިރީގައި އެވަނީ ވަރިގިނަވަމުން އަންނަ މައްސަލައަށް ބައލަވާލައްވައި އަންހެން ޝައިޚަކު ދެއްވާފައިވާ ދަރުސެކެވެ. އަންހެނަކަށްވެވަޑައިގެން ހުންނަވައި ދީނުން ހެކިދައްކަވައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ލޮބުވެތި ކަނބަލުން ވިސްނަވާލައްވައިފިނަމަ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ
އަހުރެމެންގެ ތެރެއަށް އައިސްގެން މިއަދު މިއުޅޭ ވަސްވާސްތަކެއްގެ ސަބަބުން ޢާންމު ދިރިއުޅުމުގައި މިދަނީ މައްސަލަތައް އިތުރަށް ގޯސްވަމުންނެވެ. އެކަން އަންގައިދެނީ މުޅި ދުނިޔޭގައިވެސް ވަރި ގިނަވަމުން އަންނަ މިންވަރުންނެވެ. އަދި ކައިވެނިކުރަން ބޭނުން ނުވާ މީހުން ގިނަވާތީއެވެ.
ވިސްނާށެވެ! އަންހެނުންނަކީ އެމީހުންގެ ޠަބީޢަތުގައިގައިވެސް ލޯތްބަށް ބޭނުންވާ އަދި ލޯބިދޭ ބައެކެވެ. ބީރައްޓެހި ވެވެމުން މިދަނީ ކިޔަމަންތެރިވުމުގައާއި އިޙްތިރާމް ކުރުމުގައެވެ. އަހުރެމެން އެބަ ބުނަމުއެވެ، "ލޯބި ބޭނުން ނަމަވެސް އިޙްތުރާމް ބޭނުން ނަމަވެސް ފުރަތަމަ އަހުރެމެންނަށް ދޭށެވެ." އެއީ ނުބައި ބަހެއް ކަމަށް ބުނާކަށް ނެތީމެވެ.
އެހެނަސް ﷲ ތަޢާލާގެ އެންގެވުންތަކަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކަށް ބަލާށެވެ. އެންމެ ގިނައިން ފެންނާނީ ފިރިންނަށް އިޙްތިރާމްކުރުމުގެ ވާހަކައާއި ކިޔަމަންތެރިވުމުގެ ވާހަކައެވެ. އެކަމަށް ކުރައްވަވާފައިވާ އަމުރުފުޅުތަކެވެ.
މިފަދައިން އެވަނީ އަނބިންނަށް އެންމެ ފައިދާހުރި ގޮތަކީ އެއީކަމަށްވާތީއެވެ. ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން މިއަންނަނީ މިކަންކަމަށް ވިސްނައި ނުލެވޭތީއެވެ. އެއްވެސް ޝައްކެއް ނެތެވެ. އަނހެނުންނަށްވެސް އިޙްތިރާމްކުރަންޖެހޭނެއެވެ. ނަމަވެސް އެކަމުގައި އެހައި ބާރަށް ހިފައި ޙައްޤުތަކުގެ ވާހަކަ ދައްކައިގެން ލިބޭނެ ކުރިއެރުމެއް ނެތެވެ. އޮތް ނަމަ ވަރި ގިނައެއް ނުވާނެއެވެ. ނިކަމެތިވާ އަނހެނުންގެ ޢަދަދުވެސް ގިނައެއް ނުވާނެއެވެ.
އަހަރުމެން ބަލަންވީ ލިބެމުން މިދާ ވަސްވާސްތަކަކަށް ނޫނެވެ. ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގްވާފައިވާ ގޮތަށެވެ. ކާމިޔާބު ލިބޭނީ އެއިރުންނެވެ.
- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން