އަނެކާ ދިން ގެއްލުމާ އަނިޔާ އާއި ހިތްދަތިކަން ބޮޑުވި ވަރަކަށް އެކަމުން ކުރާނީ ފައިދާ! ފުނިފުންޏަށް ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަނެކާ ދިން ގެއްލުމާ އަނިޔާ އާއި ހިތްދަތިކަން ބޮޑުވި ވަރަކަށް އެކަމުން ކުރާނީ ފައިދާ! ފުނިފުންޏަށް ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

ބައެއް މީހުން ބުނެއެވެ. "އެވެނި މީހަކު އެހުރީ މަށަށް މިހައި ބޮޑު ދެރައެއް ދީފައެވެ. މިހައި ބޮޑު ގެއްލުމެއް ދީފައެވެ. އޭނާއަށް ރަނގަޅު ބޮނޑިއެއް، އަނިޔާއެއް ނުދީ ހުއްޓައެއް ނުލާނަމެވެ." 

މިހެން ބުނާ މީހުންނާއި ޖަދަލުކުރާކަށް ބޭނުމެއް ނޫނެވެ. އޭނާއަށްވެސް އެފަދަ ބަސްތައް އެބުނެވެނީ އަނެކާގެ ކިބައިން ލިބިފައިވާ އަނިޔާގެ ބޮޑުކަމުންނެވެ. އެކަމަކުވެސް އެފަދަ މީހުންގެ ގާތުގައި ބުނެލަން ޖެހޭ ވާހަކައެއް އެބަ އޮތެވެ. 

ތިބާގެ އީމާންކަމާއި ރިވެތިއަޚްލާޤާއި ތަޤްވާވެރިކަމާއި މިހެންގޮސް އެތައް މަސައްކަތަކުން ތިބާ ހޯދި ހުރިހާ ރިވެތި ސިފަތަކެއް ވަނީ ތިބާގެ ހިތުގައެވެ. އަނެކާ ކުރި ނުބައިކަން ކިތަންމެ ބޮޑު ނަމަވެސް އޭނާއަށް ޙަސަދަލުމުން ތިބާގެ ހިތުގައި މިހާރު އެހުރީ ހަސަދައިގެ ހުޅުރޯވެފައެވެ. އަލިފާނުގެ އެހުޅު ކުރާނެ ކަމަކީ ކުރިން މިބުނި ފަދައިން ތިބާގެ ހިތުގައި ހުރި އީމާންކަމާއި ރިވެތިއަޚްލާޤާއި ތަޤްވާވެރިކަމާއި މިހެންގޮސް އެތައް މަސައްކަތަކުން ހިތަށް ޖަމާކޮށްފައިހުރި ހުރިހާ ރިވެތި ސިފަތަކާއި ތިބާގެ ހެޔޮ ޢަމަލުތައް އަންދައިލަނީއެވެ. 

ދެން ނިކަން ބުނެބަލާށެވެ! ބޭނުމީ އޭނާގެ ކިބައިން ބަދަލުހިފަން ހެއްޔެވެ؟ ނޫނީ ތިބާގެ ހުރި ރިވެތި ސިފަތާއި ތިބާކުޅަ ހެޔޮ ޢަމަލުތައް ހިފައިގެން ސަލާމަތުން ﷲ ތަޢާލާގެ ޙަޟްރަތަށްދާން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އޭނާ ދިން ގެއްލުމާއި އަނިޔާ އާއި ހިތްދަތިކަން ބޮޑުވި ވަރަކަށް އެކަމުން ކުރާނީ ފައިދާއެވެ. ފުނިފުންޏަށް ޘަވާބު ދެއްވަވާނެތެވެ. އެކަން އެނގޭއިރުވެސް ބަދަލުހިފަން ރާވައި، ހަސަދަލައި، ބަދަލު ހިފައި އެކަމުގެ ސަބަބުން ތިމާ ބަނގުރޫޓުވެ ނަރަކައަށް ވަންނަންވީ ކީއްވެގެން ހެއްޔެވެ؟ 

ވީމާ މިތަނުގައި ތިބަ އެންމެންވެސް މިވާހަކަކޮޅަށް ވިސްނައި ހިތްތައް ހަސަދައިގެ އަލިފާނުން ސަލާމަތްކުރާނެ ބައަކަށް ވާނެކަމަށް ޔަޤީންކުރަމެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން  

މިއަދު އޮންލައިން