ފައިދާކުރާނީ ސިފައަށް ބަދަލުނުގެނެސް ތިމާ ހުރި ސިފައިގަ ތިމާދެކެ ލޯބިވާނެ މީހަކު ހޯދިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފައިދާކުރާނީ ސިފައަށް ބަދަލުނުގެނެސް ތިމާ ހުރި ސިފައިގަ ތިމާދެކެ ލޯބިވާނެ މީހަކު ހޯދިގެން!

ތިމާގެ ސިފަ އޮޅޭވަރަށް ކަންކަން ކުރެވިދާނެއެވެ. މިއަދު އެއީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވާ ސާމާނު ހޯދައިގެން އަމިއްލައަށްވެސް އެކަންކުރުމަކީ މިހާރަކު ކުރަން އުނދަގޫ ކަމެއް ނޫނެވެ.  

ސާފުތާހިރުކަމަށް ތިބުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ގައިން ތާހިރުވާންޖެހޭނެއެވެ. ފެންވަރައި ސާފުތާހިރު ފޭރާންވެސް ލާންޖެހޭނެއެވެ. މިކަންކަމާއި ޒީނަތްތެރިވުމާއި މޭކަޕްކުރުމާއި މިއީ މުޅިން ތަފާތު ކަންކަމެވެ.  

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ސާފުތާހިރުވުމާއި ޒީނަތްތެރިވުމާއި އަދި މޭކަޕްކުރުން އޮޅެނީއެވެ. މި 3 ކަންތަކަކީވެސް އެއް ކަމެއްގެ ގޮތުގައި ދެކެވެނީއެވެ. ވީމާ ކަންކަން ގޯސްވެގެންދަނީއެވެ.  

ޙައްލަކަށް ކުރަންއޮތް ފުރަތަމަކަމަކީ ﷲ ތަޢާލާ ތިމާ އުފައްދަވާފައިވާ ގޮތް ތިމާއަށް ރީތިވުމެވެ. އެގޮތުގައި ގެއިން ބޭރަށް ނުކުންނަން ކެރެންވީއެވެ. އެގޮތުގައި މީހުންނާއި ބައްދަލުކުރަންވެސް ކެރެންވީއެވެ. އެކަން ކުރަން ހިތްވަރު ލިބިގަންނަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާގެ ސިފަދެކެ ތިމާ ލޯބިވުމެވެ.  

އެކަމުން ކުރާނެ އެންމެ ބޮޑު އެއް ފައިދާއަކީ ތިބާގެ އަޞްލު ސިފައިގައި ތިބާދެކެ ލޯބިވާނެ މީހަކު ލިބުމެވެ. އެއިގެ ބަދަލުގައި ތިބާގެ ޒީނަތްތެރިކަމާއި މޭކަޕް ދައްކައިގެން މީހަކު ތިބާދެކެ ލޯބިވެއްޖެނަމަ ތިބާގެ އަޞްލު ސިފަ ފެންނަ ދުވަހު އޭނާ ތިބާދެކެ ލޯތްބެއް ނުވާނެއެވެ. ތިބާއާއިއެކު އުޅޭކަށްވެސް ބޭނުމެއް ނުވާނެއެވެ.  

ސީދާ އެހެން ތިބާ ގާތުގައި ނުބުނެފާނެއެވެ. ނަމަވެސް އިސާހިތަކު ތަފާތު މައްސަލަތައް ކުރިމަތިކުރުވައި ތިބާއާއި ދުރުހެލިވަމުންގޮސް އެންމެ ފަހުން ތިބާ ދޫކޮށްލައި ތިބާއާއި ވަކިވެގެން ހިނގައިދާނެއެވެ.  

ވީމާ އަޞްލު ސިފަ ދައްކައިގެން ލޯބިވެރިއަކު ނުވަތަ ކައިވެނިކުރާނެ ބައިވެރިއަކު ހޯދާށެވެ. ކައިވެންޏަސްފަހު އޭނާ އެދޭ ގޮތަކަށް ޒީނަތްތެރިވާށެވެ. އެއިރުން މިބުނި ފަދަ ދެރަ ގޮތްގޮތް މެދުވެރިއެއް ނުވާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން