ހަނދުމަކޮށްދިނުމެއް!: ފިރިހެނުން ބޯކޮށަންވީ ގޮތާ ހުއްދަ ނޫން ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަނދުމަކޮށްދިނުމެއް!: ފިރިހެނުން ބޯކޮށަންވީ ގޮތާ ހުއްދަ ނޫން ގޮތް-

މިހާރަކަށް އައިސް އެކިފެޝަންތަކަށް ބޯކޮށަމުން އެބަގެންދެއެވެ. އެހެންވެ އޮޅުން ފިލުވައިލަން ބޭނުންވަނީ ފިރިހެނުން ބޯކޮށުމުގައި ހުއްދަ ގޮތަކާއިބެހޭ ގޮތުންނެވެ.

ކިޔުންތެރިޔާ ބޭނުންވެލައްވާ މަޢުލޫމާތު މިގެނެސްދެނީ ޑރ. ޒާކިރް ނައިކުގެ ބަސްފުޅަކުންނެވެ.

މިހާރަކަށް އައިސް ބޯކޮށުމުގައި އެމީހަކު ބޭނުންވާހައި ގޮތަކަށް ކަންކަން ކޮށްފައި ހުންނަތަން އެބަ ފެނެއެވެ. އެހެންކަމުން މުސްލިމުން ބޯކޮށުމުގައި ޢަމަލުކުރަންޖެހޭ ބައެއް މިންގަނޑުތަކަށް ބަލައިލާނަމެވެ.

ކާފިރުންނާއި ފާފަކުރާ މީހުންނާއި އަދި އަނެއް ޖިންސުގެ މީހަކާއި ވައްތަރުވާން ބޯކޮށުން ވަނީ ޙަރާމްވެގެންނެވެ.

ހަމައެއާއިއެކު ބޮލުގެ ތަންތަންކޮޅު ބޭލުމާއި އަރިމަތިން ބޭލުމާއި މެދު ބޭލުންފަދަ ކަންކަން އެއީމަކްރޫހަ ކަންކަމެވެ. އެހެނީ އެކަން އެގޮތަށް ނުކުރުމަށް ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ބޯބާލާނަމަ އެކުގައި ބޭލުމަށާއި ދިގުކުރާނަމަ އެކުގައި ދިގުކުރުމަށެވެ.

ފިރިހެނުންގެ ބޯދިގުކުރެވޭނެ މިނަކާއިބެހޭ ގޮތުން 3 މިނަކަށް ޙަދީޘްފުޅުގައިވެއެވެ. އެއީ ދެކަންފަތްޕުޅުގެ ފޫޅުފުޅާއިހަމައަށް ހުރުމާއި ކަނދުރާފުޅާއި ހަމައަށް ހުރުމާއި އަދި ކަންފަތްޕުޅުގެ ފޫޅުފޮޅާއި ކަނދުރާފުޅާއި ހަމައަށް ހުރުމެވެ.

ދަރިން ކުދިނަމަވެސް ފިރިހެންކުދިންގެ އިސްތަށިގަނޑު އަންހެންކުދިންފަދައިން ނުބަހައްޓާށެވެ! އަދި އަންހެންކުދިންގެ އިސްތަށިގަނޑު ދިރިހެންކުރިން ފަދައިން ނުބަހައްޓާށެވެ! އެކަމުގެ ސަބަބުން ކުދިންގެ ޖންސް ވަކިކުރަން ނުއެނގުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ.

ކުދިން ބޮޑެތިވެ ތުނބުޅި ފެޅުމުން ތުނބުޅި ބަހައްޓާނަމަ ތަންކޮޅެއް ބޯދިގުކުރުމަކުން މައްސަލައެއް ނެތެވެ. އެއިރުން ޖިންސް ވަކިނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ!

--ޑރ. ޒާކިރު ނައކުގެ ދަރުސަކުން

މިއަދު އޮންލައިން