އީމާންކަމުގެ އެންމެ މަތީފެންވަރުގަ ހުރި ބައްޕައެއްގެ ވާހަކަ- ތިމާގެ ކިބައިގަ އީމާންކަން ހުރިވަރު ވަޒަންކޮށްލަންވެސް ކިޔާލުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
އީމާންކަމުގެ އެންމެ މަތީފެންވަރުގަ ހުރި ބައްޕައެއްގެ ވާހަކަ- ތިމާގެ ކިބައިގަ އީމާންކަން ހުރިވަރު ވަޒަންކޮށްލަންވެސް ކިޔާލުން މުހިންމު!

މިއަދު ގިނަބައަކު އެންމެ ބޮޑަށް ފޭލްވަމުން މިދަނީ އީމާންކަމުގައެވެ. ފުރިހަމަ ގޮތުގައި ވަކީލް ނުކުރެވޭ ސަބަބަކީވެސް އީމާންކަން ކުޑަވުމެވެ. މިކަމަސް ހޭލުންތެރިކުރުވަން ގިނަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ބޮޑަށް ފައިދާކުރާނީ އީމާންކަމުގައި ޘާބިތުވެ ތިބޭ މީހުންގެ ވާހަކަތަކުންނެވެ.  

ގިނަ ބައަކަށް މިއަދު އެންމެ ބޮޑު ކަމަކަށްވެގެން އުޅެނީ މިންވަރަށް އީމާންވުމެވެ. ހިތާމަކުރަންޖެހޭ ޙާލަތެއް ކުރިމަތިވުމުން ކެތްތެރިވުމުގައެވެ. ވީމާ ދުނިޔޭގައި ހިނގަމުންދާ ކަންކަމުން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ. މިންވަރަށް އީމާންވެ ކެތްތެރިވުމުގައި ނަމޫނާ ދައްކާ މީހުންގެ ކިބައިން ފިލާވަޅު ލިބިގަންނަން އެބަޖެހެއެވެ. 

އެހެންވެ ފިލާވަޅެއްގެ ގޮތުން މިގެނެސްދެނީ ޙަޤީޤީ ޙާދިސާއެކެވެ. އޭނާއަށް ލިބިފައިވާ 6 އަންހެން ދަރިންގެ ތެރެއިން 5 ދަރިން އެއްފަހަރާ އެއްވަޤުތަކު ޝަހީދުވުމުންވެސް ކެތްތެރިވެ ނަމޫނާ ދެއްކި ބައްޕައެއްގެ ވާހަކައެވެ.   

މިވާހަކައަކީވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އަނިޔާވެރިކަން ހައްދަދުފަހަނައަޅާފައިވާ ކަމުގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ! މީގެ  ހަތް އަހަރުވަރުކުރިން ފަލަސްޠީނުގެ ޣާޒާގައި ހިނގައިދިއަ ކަމެއްގެ ވާހަކައެވެ! ޣާޒާގެ މީހަކު ކިޔައިދިން ވާހަކައެކެވެ. 

އޭނާގެ ޢާއިލާގެ އެންމެން ގޭގައި ނިދަން ތިއްބައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮން އެޅީއެވެ. އެންމެން ބިރުން ހޭނެތުނެވެ. ހޭ އެރުމުން ފުރަތަމަވެސް ބަލައިލެވުނީ 6 އަންހެންދަރިން ކޮބައިތޯއެވެ. 

ބެލިއިރު 6 އަންހެން ދަރިންގެ ތެރެއިން 5 ކުދިން ތިބީ މަރުވެފައެވެ. ސަލާމަތްވީ އެންމެ އަންހެން ދަރިއެކެވެ. އަދި އެންމެ އާދައާއި ޚިލާފް ކަމެއް ފެނުނީ ދޮށީ އަންހެން ދަރިފުޅުގެ ކިބައިންނެވެ. އޭނާ އަކީ އަވަށްޓެރިން ދެކެވެސެ އެންމެން ދެކެވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. ކޮންމެ ރެއަކު ނިދާނީ ދެއަތުން އެންމެ ހަގު ދެ ކޮއްކޮގެ ގައިގައި ލޯބިން ބައްދާލައިގެން އޮވެއެވެ. އެ ހިތްހެޔޮ، ލޯބި ދަރިފުޅު މަރުވެފައި އޮތީވެސް ދެކޮއްކޮގެ ގައިގައި ބައްދާލައިގެން އޮވެއެވެ. 

އެކުދިންގެ ފުރާނަ ނެތް ހަށިތައް ގެއިން ނެރުނީ އަހަރެންގެ ދެއަތުންނެވެ. ފިރިހެން ދަރިންތައް ގިސްލަގިސްލާފައި ރޮނީއެވެ. އަހަރެން ބުނީމެވެ. "ތިއަ ރޮނީ ކީއްވެގެން ހެއްހެއްޔެވެ؟ އެ ދަރިން އިރާދަ ކުރެއްވިއްޔާ އެދިއައީ ސުވަރުގެއެވެ. އަހަރެމެން މަސައްކަތްކުރަންވީ އެ ދަރިންނާއި ސުވަރުގެއިން ބައްދަލުކުރުމަށެވެ."

ނިކަން ވިސްނައިލަބަލާށެވެ! އެއީ ހުރިހާ ދަރިންގެ ބައްޕައެވެ. ހަމަ ކުއްލިއަކަށް 5 ދަރިން އެކުގައި މަރުވީއެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި އީމާންތެރިކަން ނިކަން ބަލައިލަބަލާށެވެ! ނިކަން ބުނެބަލާށެވެ! އެފަދަ ކަމެއް ހިނގައިދިއުމުން އެފަދައިން ބުނުމުގެ ބާރު ލިބިގެންވަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެވަރުގެ އީމާންތެރިކަމެއް ހުރީ އަހަރެމެންގެ ތެރެއިން ކިތައް މީހުންގެ ހެއްޔެވެ؟ މިފަދަ އިމްތިޙާނެއް ކުރިމަތި ކުރެއްވެވުމުން އެހައި ސާބިތުކަމާއިއެކުގައި ފާސްވާނީ ކިތައް މީހުން ހެއްޔެވެ؟  

މީސްތަކުންނޭވެ! މިހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! އީމާންތެރިކަން ވަރުގަދަކުރާށެވެ! މިންވަރު ކުރެއްވެވި ކޮންމެ ނިޢްމަތަކަށް ޝުކުރުވެރިވާ މީހަކަށްވާށެވެ! ތިބާގެ އީމާންކަން ވަރުގަދަވެ ދިރިއުޅުނުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ސާބިތުކަން ސާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން