ދުނިޔޭގަ އުފައްދާ އެންމެ މޮޅު ބޭހުންވެސް ޝިފާ ނުލިބެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުނިޔޭގަ އުފައްދާ އެންމެ މޮޅު ބޭހުންވެސް ޝިފާ ނުލިބެނީ ކީއްވެ؟

އަހުރެން މިވާހަކަ ވަރަށް ގިނައިން ކިޔައިދެމެވެ. އެއީ މިވަރަށް ކިޔައިދޭއިރުވެސް ގިނަ ބައަކަށް ނުވިސްނޭތީއެވެ. މިރޭވެސް އަޑުއަހާށެވެ!

މުސާގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެވާހަކަ ދެންނެވިއެވެ. ވަޙީކުރެއްވެވީ މިވެނި ބާވަތެއްގެ ފަތް ފަރިއްކުޅުއްވެވުމަށެވެ. އެފަތް ފަރިއްކޮޅުއްވެވުމުން ޝިފާ ލިބިވަޑައިގެންނެވިއެވެ.  

ދެވަނަ ފަހަރު އާލާސްކަންފުޅު ޖެހުމުން ވަޑައިގެން ހަމައެފަތް ފަރިއްކުޅުއްވެވިއެވެ. ނަމަވެސް ޝިފާ ލިބިވަޑައެއް ނުގަތެވެ.  

މިވީ ކިހިނަކުން ހެއްޔެވެ؟ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދަންނަވައި އަމިއްލަފުޅަށް ވަޑައިގެން ފަތް ފަރިއްކުޅުއްވެވީއެވެ. އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ އެފަތަކީ އެއްވެސް ބާރެއް ހުރި އެއްޗެއް ނޫނެވެ. ޝިފާ ލިބިވަޑައިގަތީ ފަތުގެ ސަބަބަކުން ނޫނެވެ. ޝިގާ ލިބިވަޑައިގަތީ އެފަތް މެދުވެރިކުރައްވަވައި ﷲ ތަޢާލާ ޝިފާ ދެއްވެވުމުންނެވެ. 

މީސްތަކުންނޭވެ! ބަލިވެއްޖެނަމަ ސަބަބުތަކުގައި ހިފައިގެން ޝިފާ ލިބިގަންނަން މަސައްކަތްކުރާށެވެ! ނަމަވެސް ފުރަތަމަ ކުރަންއޮތް ކަންތައް ފުރަތަމަ ކުރާށެވެ. އެއީ ޝިފާދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.

 

- ދުޝާމާ އަލްޝުރަފާގެ ދަރުސަކުން

މިއަދު އޮންލައިން