އަނބމީހާއަށް ވަޤުތު ދޭން ބޭނުންނުވެ، އެކަނި ބޭރަށް ފޮނުވައި ޝައިޠޯނާއަށް ފުރުޞަތު ދީފަ އަނބިމީހާ ކުށްވެރިކުރުމަކީ އިންޞާފުތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
އަނބމީހާއަށް ވަޤުތު ދޭން ބޭނުންނުވެ، އެކަނި ބޭރަށް ފޮނުވައި ޝައިޠޯނާއަށް ފުރުޞަތު ދީފަ އަނބިމީހާ ކުށްވެރިކުރުމަކީ އިންޞާފުތަ؟

"އަހުރެން ދެކޭ ގޮތުގައި "އެންމެ ނުބައި އަނބިންނަކީ ފިރިމީހާ ބަލިޙާލުގައި ޖެހުމުން ދޫކޮށްލައި ދުރުވެގަންނަ މީހާއެވެ. އަދި އެންމެ ނުބައި ފިރިންނަކީ އަނބިމީހާ ގޮވައިގެން ދާންޖެހޭ ތަންތަނަށް ނޮގޮސް އެކަނި ދާން ދޫކޮށްލާ ފިރިންނެވެ."  

"އަނބިން ގޮވައިގެންދާންޖެހޭ ތަންތަނަށް ނުގޮސް އެކަނި ދާން ދޫކޮށްލުމަށްފަހު އެކަމުގެ ތެރެއިން ޝައިޠޯނާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމުން އަނބިންދެކެ ރުޅިއައުމުގެ ޙައްޤު އެއްވެސް ފިރިއަކަށް ލިބިގެނެއް ނުވެއެވެ. އަދި އެކަމަށް އެމީހަކު ޖަވާބުދާރީވާންވެސް ޖެހޭނެއެވެ."

- އަބޫ އައްޔާރު 

މިއީ ސޯޝަލް މީޑިއާގަ އެތައް ހާސް ބައަކު ޝެއާކުރި ޕޯސްޓެކެވެ. އެއިގެ ފަހުން 2،3 އަހަރުވެދާނެއެވެ. ސުވާލަކީ ޝެއާކުރި މީހުންވެސް ޢަމަލު އިޞްލާޙްކުރި ހެއްޔެވެ؟ ބުނާ އެއްޗަކަށް ވިސްނައި ޒިންމާދާރުވި ހެއްޔެވެ؟

ގިނަ ފިރިން އަނބިން ގޮވައިގެން ތަންތަނަށްދާން އުޒުރު ދައްކައެވެ. ވަޤުތުނުވާކަމަށް ބުނެ އަނބިމިހާގެ އެކުވެރިންނާއިއެކު ތަންތަނަށް ފޮނުވައެވެ. އެއީ އާދަކޮށް ކުރަން ރަނގަޅު ކަމެއް ނޫނެވެ. އާދަކޮށް އެކަން ކުރަން އެގޮތަށް ދޫކޮށްލުމަކީ ރަނގަޅު އަނބިންވެސް މަގުފުރެދިގެން ދިއުމަށް ވަރަށް ގިނަފަހަރު މަގުފަހިވާ ކަމެކެވެ. 

ކޮންމެ މަހަކުވެސް ދެމަފިރިން އެކުގަ ބާޒާރަށް ދާނެ ރޭތަކެއް ކަނޑައެޅިދާނެއެވެ. ހަފްތާއަކު އެއް ރޭ ނުވަތަ ދެހަފްތާއިން އެއް ރޭ ވެސް ކަނޑައެޅިދާނެއެވެ. އަނބިމީހާ އެކުވެރިންނާއިއެކު ރެސްޓޯރަންޓަށް ގޮސް އެކުވެރިންނާއިއެކު ކާން ޚަރަދުކުރާ ފައިސާ، އަދި ފިރިމީހާ އެކުވެރިންނާއިއެކު ތަންތަނަސް ގޮސް ޚަރަދުކުރާ ފައިސާ ދެމަފިރިންނާއި ދަރިން އެކުގައި ތަންތަނަސް ގޮސް ކާން ޚަރަދުނުކުރާނަމަ ދިރިއުޅުމަށް ލިބޭނެ ކުރިއެރުން ވިސްނާށެވެ!  

އަޅުގަނޑުގެ އެކުވެރިއަކު ހުރެއެވެ. އެއީ ވަރަށް ބުރަކޮށް އަމިއްލަ މަސައްކަތްކުރާ މީހެކެވެ. އެކަމަކު ކޮންމެ ހުކުރުވިލޭރެއަކު ވަޤުތު ހޯދައިގެން އަނބިމީހާ ގޮވައިގެން ބާޒާރަށް ދެއެވެ. ޤަވާއިދެއްވެސް އޮވެއެވެ. އެރޭ ބޭނުންހާ ފިހާރަތަކަކަށްދާންވީއެވެ. ކުރިއަށް އޮންނަ ހަފްތާގައި އެއްވެސް އެއްޗެއް ގަންނަން ނުޖެހޭނެ ވަރަށެވެ.  

ފޭރާން ގަތުން އޮންނަނީ ފޭރާން ބައުވުމުން ކުރިއާލައި ދުވަހެއް ކަނޑައަޅައިގެންނެވެ. ދެމަފިރިންވެސް ބަލަނީ ފިހާރަތަށް އައު ފޭރާމާއި ފޮތި ނެރޭތޯއެއް ނޫނެވެ. ލާންގެންގުޅޭ އެއްޗެތި ބައުވޭތޯއެވެ. އެހެންވެ "އާމުދާ ލިބިއްޖެ" ދޮރުފަތުގައި ޖަހާއިރަށް އެފިހާރައަށް ދާކަށް ނުޖެހެއެވެ.  

އެގޮތަށް ކަންތައް ކުރާތީ އަނބިމީހާއަށް އެކުވެރިންނާއިއެކު ބާޒާރަށް ދާކަށް ނުޖެހެއެވެ. ކަންމަތި ފިހާރައަށް ދާކަށްވެސް ނުޖެހެއެވެ. ފަހަރެއްގައި އެއްޗަކަށް ބޭނުންވިޔަސް ގެނުވަނީ ފޯނުކޮށްގެންނެވެ.  

ގިނަ ފަހަރު މައްސަލަ ކުރިމަތިވަނީ ކައިވެނީގެ ކުރީކޮޅު މިކަްނކަމަސް ސަމާލުކަން ނުދީ ދޫކޮށްލެވޭތީއެވެ. ވަކި ގޮތަކަށް ހޭނުމުން ބަދަލުކުރަން އުނދަގޫވާތީއެވެ. ވީމާ މިހުރި ކަންކަމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސަމާލުކަންދޭންވީ ކަންކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން