ނުބައި ޢަމަލެއް ކުރަނިކޮށް ހުވަފެނުގަ ފެނުމަކީ ޢަޛާބް ދެއްވަވާނެ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނުބައި ޢަމަލެއް ކުރަނިކޮށް ހުވަފެނުގަ ފެނުމަކީ ޢަޛާބް ދެއްވަވާނެ ކަމެއްތަ؟

އަޅުގަނޑުގެ އެކުވެރިއަކަށް ހުވަފެނުގައި ފެނުނީ އޭނާ މީހެއްގެ ގައިގައި ތަޅައި އަނިޔާ ކުރަނިކޮށެވެ. އެހެން އެކުވެރިއަކަށް ފާޙިޝް ޢަމަލުތައް ކުރާތަން ވަރަށް ގިނައިން ފެނެއެވެ. މިއިން ހުވަފެނެއްގެ ސަބަބުން އެމީހަކު ފާފަވެރިވާނެތޯ؟

މިގެނެސްދެނީ މިފަދަ ސުވާލުތައް ކުރައްވާ ކިޔުންތެރިންނަށް ޖަވާބަކަށް ފުދިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ

ނިދާފައި އޮންނައިރު ހުވަފެނުގައި ފާހިޝް އަމަލުކުރެވުން ފަދަ ކަންކަމާއި ގުޅިގެން ބައެއް މީހުން ބިރުން އުޅެއެވެ. އެކަމުގެ ސަބަބުން ތިމާ ފާފަވެރިވެދާނެ ކަމަށްޓަކައެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ހުވަފެން ފެންނަނީ އަމިއްލައަށް ކުރާ ކަމަކުން ނޫނެވެ. އެއީ އެމީހާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެއް ނޫނެވެ. ﷲ ތަޢާލާ ޢަޛާބު ދެއްވަވަނީ އެމީހަކު ޤަޞްދުގައިކުރާ ކަންކަމަށެވެ!

ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމެއް އެބައޮތެވެ. ތިމާ އެންމެ ގިނައިން ވިސްނާ ކަންކަން ހުވަފެނުގައި ފެނެއެވެ. ވީމާ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބެލުމާއި އެފަދަ ކަންކަމަށް ވިސްނުން ފަދަ ކަންކަން ނުކުރާށެވެ! އެއީ ޤަޞްދުގައި ކުރާ ކަންކަމެވެ. އެކަންކަމަށް ފާފަވެރިވާނެއެވެ.

އަދި ވެސް ވިސްނައިލަންޖެހޭ ކަމެއް އެބަ އޮތެވެ! ފެންނަ އެފަދަ ހުވަފެންތަކުގެ ވާހަކަ އެއްވެސް މީހަކު ގާތު ދައްކައި ކިޔައިދީ ހެދުމުން ފާފަވެރިވާނެއެވެ! އެއީ އޭނާގެ ހިތުގައި އެފަދަ އަމަލެއްކުރަން ޝައުޤުވެރިކަން އުފެދިދާނެކަމަށްޓަކައެވެ.

މަލާއިކަތުން އެމީހާގެ ޢަމަލުތައް ނުލިޔުއްވަވާނެ 3 ޙާލަތެއްވެއެވެ. އެއީ:

1 ބާލިޣްވަންދެން

2 ނިދާފައި އޮންނައިރު

3 ސިކުނޑިއަށް ލިބިފައިވާ އުނިކަމަކުން ކުރެވޭ ނުކުރެވޭ ކަންކަން ނުއެނގޭ މީހާ

މިއީ ޙަދީޘްފުޅުން އެނގެންހުރި ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން