ޢާއިޝަތު ރަފާޙް ޢަލީ
މިހާރަކީ ޢަދާވާތްތެރިން ވަރަށް ގިނަ ދުވަސްވަރެކެވެ. ވީމާ މި 3 ދުޢާ ހިތުދަސްކޮށްލާށެވެ. އެފަދަ މީހަކާ ބައްދަލުވެއްޖެނަމަ އަވަސްއަވަހަށް ދުޢާ ކޮށްލާށެވެ!
عن أَبي موسى الأشعرِيِّ : أَنَّ رسولَ اللَّهِ ﷺ كانَ إِذَا خَافَ قَومًا قَالَ:
اللَّهُمَّ إِنَّا نجعلُكَ في نحورِهِمْ، ونعُوذُ بِكَ مِنْ شرُورِهمْ
رواه أَبُو داود والنسائي بإسنادٍ صحيحٍ.
އަބީ މޫސަލް ޢަޝްޢަރީ ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޤައުމެއް ދެކެ ބިރުފުޅުގެންވަޑައިގެންފިނަމަ މިފަދައިން ދުޢާ ކުރައްވައެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! (އަޅަމެންގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި) އަޅަމެން އެބައިމީހުންނާއި(ދުޝްމިނުންނާއީ) ދިމާއަށް ކުރިމަތިލަމެވެ. އަދި އެބައިމީހުންގެ ނުބައިނުލަފާކަމުން އަޅަމެން ރައްކާތެރިކޮށްދެއްވުން އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ.
316 من: (باب ما يدعو به إذا خاف ناسا أو غيرهم) (binbaz.org.sa)
عن أنس بن مالك رضي الله عنه قال: كان رسول الله صلى الله عليه وسلم إذا غزا، قال:
«اللهم أنت عَضُدِي ونَصِيرِي، بِكَ أَحُول، وبِكَ أَصُول، وبك أقاتل»
އަނަސް ބިން މާލިކްގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަނގުރާމަކުރައްވާއިރު މި ދުޢާ ކިޔުއްވައެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އިބަ ﷲ އީ މިއަޅާގެ ވާގިވެރިޔާއެވެ. އަދި މަދަދުވެރިޔާއެވެ. މިއަޅާ ހުރިހާ ކަމެއްވެސް ކުރަނީ އިބަ ﷲ ގެ ވާގިފުޅާ ލައިގެންނެވެ. އަދި މިއަޅާ ދުޝްމިނުންނަށް ހަމަލާދެނީ ވެސް ހަމައެކަނި އިބަ ﷲ ގެ ވާގިފުޅާ ލައިގެންނެވެ. އަދި މިއަޅާ ކާފިރުންނާއި ހަނގުރާމަ ކުރަނީ ވެސް އިބަ ﷲ ގެ ވާގިފުޅާ ލައިގެންނެވެ.
عن ابن عباس حسبنا الله ونعم الوكيل: «قالها إبراهيم عليه السلام حين أُلقي في النار، وقالها محمد صلى الله عليه وسلم حين قالوا:
{إن الناس قد جمعوا لكم فاخشوهم فزادهم إيمانا، وقالوا: حسبنا الله ونعم الوكيل}
[آل عمران: 173]».
އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް އަލިފާންގަނޑަށް އެއްލާލެވުނު ހިނދު މިފަދައިން ވިދާޅުވިއެވެ.އަދި ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ވެސް މިދުޢާ ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. އަޅަމެންނަށް ﷲ ތަޢާލާ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ."