ކޮންމެ މުސްލިމަކުވެސް އެންމެ ބޮދަށް ބޭނުންވާނެ ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. އެއްވެސް ފާފައެއް ނެތް މީހެއްގެ ގޮތުގައި މަރުވުމެވެ. މަރުވުމުން މަލާއިކަތުން ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާއިރު ތިބާގެ ކިބައިގައި އެއްވެސް ފާފައެއް ނެތުމެވެ.
ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކުރަން އެންމެ ފައިދާހުރި ކަންކަމުގެ ތެރެއިންވެސް ޚާއްޞަ ގޮތެއްގައި ނަމާދު ފާހަގަކޮށްލާނަމެވެ. ސަބަބުތަކަށް ބަލާއިރު:
1 ފަރުޟް ފަސް ނަމާދުކުރާ މީހާ ފާފަތަކުން ޠޯހިރުކޮށްދެއްވެވުން
2 ނަމާދުގެ ރުކޫޢުގައި ކޮނޑުން ފާފަތައް އޮހިގެންދާކަން
3 ނަމާދުގެ ސަޖިދައިގައި ބޮލުން ފާފަތައް އޮހިގެންދާކަން
4 ވުޟޫކުރާއިރު ފާފަތައް ބޭރުވެގެންދާކަން
5 ނަމާދަށް ހިނގާފައިދާން އަޅާ ފިޔަވަޅުތަކަށް ފާފަތައް ފުއްސަވައި ދެއްވަވާކަން
މިކަންކަން މިގޮތަށް ހިނގާނެކަން ޙަދީޘްފުޅުތަކުން އެއޮތީ ފެންނާށެވެ.
މިމަތިވެރި ނިޢުމަތް ދެއްވަވާނީ ހަމައެކަނި މިސްކިތުގައި ނަމާދުކުރާ މީހުންނަކަށް ނޫނެވެ. އަންހެނުން ނަމާދުކުރަން އޮތީ ގޭގައެވެ. ފިރިހެނުންވެސް ސުންނަތް ނަމާދުތައް ކުރަން މޮޅުއިތުރުވެގެންވަނީ ގޭގައެވެ. ވީމާ ގޭގައި ނަމާދުކުރާ ނަމާދުތަކަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ބައެއް ޙަދީޘްފުޅު:
Salman al-Farisi reported: The Messenger of Allah, peace and blessings be upon him, said, “Verily, the Muslim prays while his sins hang over his head. Every time he prostrates, some of them drop. When he finishes his prayer, his sins will have fallen away.”
Source: al-Mu’jam al-Kabīr lil-Ṭabarānī 6125
Grade: Sahih (authentic) according to Al-Albani
Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Verily, when a servant stands to pray, his sins are placed on top of his head and shoulders. Every time he bows or prostrates, they fall away from him.”
Source: Ṣaḥīḥ Ibn Ḥibbān 1734
Grade: Sahih (authentic) according to Al-Arna’ut
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “If there was a river at your door and he took a bath in it five times a day, would you notice any dirt on him?” They said, “Not a trace of dirt would be left.” The Prophet said, “That is the parable of the five prayers by which Allah removes sins.”
Source: Ṣaḥīḥ al-Bukhārī 528, Ṣaḥīḥ Muslim 667
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim