ސަލާމަތްކަން ލިބިގަނޭ! މަރުވެވަޅުލެވިފައި އޮތުމަކީ ދިރިހުރެވުމަށްވުރެ ބޮޑު ނިޢުމަތެއް ކަމަށް ޤަބޫލުކުރެވޭ މީހުން ގިނަވެއްޖެ! ދުނިޔެ ނިމެނީކަން އަންގައިދޭ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސަލާމަތްކަން ލިބިގަނޭ! މަރުވެވަޅުލެވިފައި އޮތުމަކީ ދިރިހުރެވުމަށްވުރެ ބޮޑު ނިޢުމަތެއް ކަމަށް ޤަބޫލުކުރެވޭ މީހުން ގިނަވެއްޖެ! ދުނިޔެ ނިމެނީކަން އަންގައިދޭ ޢަލާމާތެއް!

ދުނިޔެއިން މިހާރު ފެންނަމުން މިދަނީ ޤިޔާމަތްވުން ގާތްވެއްޖެކަމުގެ ޢަލާމާތްތައްކަން ބަޔާންކޮށްދޭން މަސައްކަތްކުރަމުން މިގެންދަނީ މިފަދަ ޒަމާނުގައި ޒަލާމަތްވެ ހުރެވޭނީ އެކަމަށް ސަމާލުކަންދީ ޙައްޤު މަގުގައި ޘާބިތުވާން މަސައްކަތްކުރިވަރަކުންކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށެވެ. 

ގުޅުންހުރި ދަރުސް: 

ޒަމާން ފަސްވެއްޖެއެވެ. ގިނަބައެއްގެ ޙާލަތާއި ވިސްނުން ބަދަލުވެއްޖެއެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމާއިމެދު ވިސްނައިލެވެނީ ވަރަށް މަދުމީހަކަށެވެ. 

ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ މަހާނައެއް ފެނުމުން މަހާނަކައިރިއަށް ގޮސް ހުއްޓިހުރެ 6 ފޫޓު އަޑީގައި ވަޅުލެވި މަސްތައް ވީރާނާވެފައިވާ މީހާ އާއި މުޚާޠަބްކޮށް "ތިބާ ތިއައޮތީ ތިމާއަށްވުރެ މާ އުފަލުގައި ކަމަށް" ބުނާނެ ދުވަސް އައުމެވެ. 

ގިނަ ބައަކަށް މިއަދު ކުރިމަތިވެފައިވާ ޙާލަތަށްބަލާއިރު ﷲ ތަޢާލާގެ ޢަޛާބަށް ބިރުން އަމިއްލައަށް މަރުނުވިނަމަވެސް ތިމާ ދުނިޔޭގައި ނެތްނަމަ މާރަނގަޅުވީސްކަމަށް ޤަބޫލުކުރާނެ އެތައް މިލިއަން ބައަކު މިހާރު ދުނިޔޭގައި އެބަތިއްބެވެ. އަމިއްލަ ޢާއިލާގެ ތެރެއިންނާއި އެހެންވެސް ގޮތްގޮތުން ލިބެމުންދާ ހިތްދަތިކަމުގެ ސަބަބުން މިފަދަ ޚިޔާލުތައް ކުރެވޭ އެތައް މިލިއަން ބައަކު ތިބޭނެއިރު ތިމާގެ އަމިއްލަ ޢާއިލާގެ ތެރެއިން އިސްލާމް ދީނަށް ޢަމަލުނުކުރާތީ ވެސް މިފަދަ ވިސްނުން ގެންގުޅެންޖެހިފައި ތިބި އެތައް މިލިއަން ބައަކު ދުނިޔޭގައި ތިބޭނެއެވެ. 

ވީމާ ކުރިން މިބުނި ޢަލާމާތް މިހާރު މިވަނީ ވަރަށް ޢާންމުވެފައެވެ. މިފަދަ އެއްވެސް ކަމަކީ ޒަމާނާއިއެކު ނުއަންނާނެ ކަންކަމަކަށް ނުހެދޭނެއެވެ. މިފަދަ ބަދަލުތައް ދާނީ އަންނަމުންނެވެ. މީސްތަކުންނަށް ކުރެވޭނެ ކަމަކީ ތިމާގެ ކިބައިން އެފަދަ ހިތްދަތިކަމެއް އެހެން މީހަކަށް ލިބުނަ ނުދިނުމެވެ. ތިމާކުރާ އަމަލަކުން އެހެން މީހުން އެހައި ދެރަވާންޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. 

އަހަރެންނަށް ވިސްނޭގޮތުން މިއީ މިހާރު އެންމެ ބޮޑަށް ޢާންމުވެފައިވާ ފަހުޒަމާނުގެ އެއް ޢަލާމާތެވެ! އެމީހަކު އަމިއްލައަށް ރައްކައުތެރިވުން ކިތަންމެހައިވެސް މުހިންމެވެ. ތިމާއަކީ މިބުނިފަދަ އެއްވެސް ޢަމަލެއް ނުކުރާ މީހަކު ކަމުގައިވެވިއްޖެ ނަމަ ތިމާއަށް އެހުރެވެނީ ސަލާމަތްކަން ހޯދައިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން