ތިމާގެ އަތުގަ މުޞްޙަފް ހުއްޓަސް މީހަކު މުޞްޙަފެއް ދީފިނަމަ އުފަލުންހުރެ ބަލައިގަންނާށެވެ! އެއީ ﷲ ތަޢާލާ ތިއްބާއަށް ދެއްވަވާ ވަރަށް ވަރުގަދަ މެސެޖެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ތިމާގެ އަތުގަ މުޞްޙަފް ހުއްޓަސް މީހަކު މުޞްޙަފެއް ދީފިނަމަ އުފަލުންހުރެ ބަލައިގަންނާށެވެ! އެއީ ﷲ ތަޢާލާ ތިއްބާއަށް ދެއްވަވާ ވަރަށް ވަރުގަދަ މެސެޖެއް!

ތިމާގެ އަތުގަ މުޞްޙަފް ހުއްޓަސް މީހަކު މުޞްޙަފެއް ދީފިނަމަ އުފަލުންހުރެ ބަލައިގަންނަން ޖެހޭ ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އެއިގެ ކުރިން ކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. ގޭގައި މުޞްޙަފްހުރުމުންނާއި އިޙްތިރާމާއިއެކު ބާއްވާނެ ތަނެއް ގޭގައި ނެތަސް މީހަކު މުޞްޙަފެއް ދީފިނަމަ އުފަލާއިއެކު އެއިގައި ހިފާށެވެ! ގޭގައި ބެއިންދެން ނެތްނަމަ ގެންގޮސް މިސްކިތަކަށް ހަދިޔާކުރާށެވެ!  

މުޞްހަފެއް ތިމާގެ އަތަށް ލިބުމަކީ ﷲ ތަޢާލާ ދެއްވަވާ މެސެޖެއްކަމަށް ވިސްނާށެވެ! އެއީ ކިޔަވައި ޢަމަލުކޮށް ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން އަންގަވާ އެންގެވުމެއްކަމަށް ޔަޤީންކުރާށެވެ! އެމެސެޖަށްވުރެ ފައިދާހުރި މެސެޖަކީ ކޮބައިހެއްޔެވެ؟  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

މުސްލިމެއްގެ އަތަށް ކީރިތި ޤުރްއާނުގެ މުޞްޙަފެއް ލިބިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އެއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވި ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ދެކޭށެވެ. އެއީ ކީއްވެގެންކަން މިކިޔައިދެނީއެވެ.  

ފުރަތަމަ ކަމަކަށް މުޞްޙަފެއް މުސްލިމެއްގެ އަތަށް ލިބިއްޖެނަމަ އެއީ ބޮޑު ނިޢުމަތެއް ކަމަށް މިބުނި ސަބަބު ބުނެލާނަމެވެ. ކިތަންމެ އަގު ބޮޑު އެއްޗެއް އަތަށް ލިބުނަސް އެއިގެ އަގުވަޒަންކުރެވޭނީ އެއީ ކޮންއެއްޗެއްކަން އެނގިގެންނެވެ. މިސާލަކަށް ޖަނަވާރުތަކަކާއި ދިމާއަށް ނުވަތަ ދުނިޔެއިން މޮޔަވެފައި ހުރި މީހަކާއި ދިމާއަށް ރަންބުރިތަކެއް އުކައިބަލާށެވެ. އެނަގާކަށް ނުއުޅޭނެއެވެ. ދުރާނީ ދުރަށެވެ. އެއީ ރަނަކީ ކޮން އެއްޗެއް ކަމާއި އެއިގެ ބޭނުމާއި އެއިންކުރާނެ ފައިދާ ނުއެނގޭތީއެވެ.  

ހަމަ އެފަދައިން ކީރިތި ޤުރްއާނުން ތިމާއަށް ކުރާނެ ފައިދާ އާއި އެއިގެ މަތިވެރިކަން އެނގޭނީ މުސްލިމުންނަށެވެ. އެހެން މީހުންނަށް ފެންނާނީ އެއީ ހަމައެހެންވެސް ފޮތެއް ފަދައިންނެވެ.  

ދެން ތިބާގެ އަތަށް މުޞްޙަފެއް ލިބިއްޖެނަމަ، އެއީ ގޭގައި ނަމަވެސް ، މިސްކިތުގައި ނަމަވެސް އަދި އެހެން ތަނެއްގައި ނަމަވެސް އެކަން އެއީ ތިބާއަށް ދެއްވެވި ނިޢުމަތަށްވާ ގޮތަކީ ފުރަތަމަ ކަމަކަށް މުޞްޙަފެއްގައި ނުބީހޭ ކިތައް މުސްލިމުން އެބަ އުޅޭ ހެއްޔެވެ؟ ދެވަނަ ކަމަކަށް ކާފިރަކު، ﷲ ތަޢާލާ ތެދުމަގު ދެއްކެވުމުން ނޫނީ މުޞްޙަފެއްގައި ބީހޭކަށްވެސް ބޭނުމެއް ނުވާނެއެވެ. 

ނަމަވެސް ތިބާގެ އަށް މުޞްހަފެއް ނެގުނީއެވެ. ނުވަތަ މީހަކު ތިބާގެ އަތަށް މުޞްޙަފެއް ދިނީއެވެ. އެހިނދު ފުރަތަމަ ކަމަކަށްވެސް އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް ކަމުގައި ދެކޭށެވެ. ޝުކުރުވެރިވާ ޙާލުގައި ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ. ތަރުޖަމާއެއް ނަމަ ކިޔަވާ އާޔަތްތަކުގެ މާނަވެސް ކިޔައިލާށެވެ.  

ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވުމަކީ އެއީއެވެ.

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން