ނިދީގައި ބިރުވެރިކަންކަން ކުރިމަތިވެއެވެ. ބިރުވެރި ހުވަފެންތައް ފެނުމުގެ އިތުރުން ސިއްސަސިއްސައިގެން ދިއުމާއި އަޑުއަޑުއިވޭކަން އިޙްޞާޞްވުން ފަދަ ކަންކަންވެސް މެދުވެރިވެއެވެ.
"ނިދީގަ ބިރުވެރި އެއްޗެއް އައިސް ގައިގަ ހިފަނީއެވެ. ކޮންމެ ރެއަކުވެސް ނިދިން ހޭލެވެނީ އެ އެއެތި ފެނިގެންނެވެ. އެ ޙާލަތުގައި ކަންތައް ކުރާނީ ކިހިނަކުންތޯއެވެ؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ވައަތް ފަރާތަށް ހިކިކުޅު ޖަހާފައި 3 ފަހަރު ޖަހާފައި أعوذ بالله من الشيطان الرجيم ކިޔާށެވެ! ދެން ކުރިން ނިދަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެނބުރި ނިދާނީއެވެ."
ނިދީގައި ބިރުވެރި ހުވަފެން ފެނިގެން ހޭލެވޭނަމަ ކުރުސި ކިޔަވާށެވެ!
ނިދީގައި ބިރުވެރި ހުވަފެން ފެނުމާއި ބިރުވެރި ކަންކަން ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި ސިޙުރުގެ މައްސަލަތައްވެސް ހިމެނެއެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ނިދީގައި ބިރުވެރި ކަންކަން ކުރިމަތިވާނީ ޝައިޠޯނާގެ ކިބައިންނެވެ. އެއްވެސް މީހަކަށް ބިރުވެރި ހުވަފެނެއް ﷲ ތަޢާލާގެ ޙަޟްރަތުން ނުފެންނާނެ ކަމަށް ބައެއް ޢިލްމްވެރިން ބަޔާންކުރައްވައެވެ.