ޚަރަދުކުރުމުގަ ދީލަތިވިޔަސް ޢާއިލާއާ މީސްތަކުންގެ ލޯބި ނުލިބިގެން ކަންބޮޑުވާ މީހުން ދަސްކުރަންޖެހޭ ފިލާވަޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޚަރަދުކުރުމުގަ ދީލަތިވިޔަސް ޢާއިލާއާ މީސްތަކުންގެ ލޯބި ނުލިބިގެން ކަންބޮޑުވާ މީހުން ދަސްކުރަންޖެހޭ ފިލާވަޅު-

ބައެއް މީހުންނަކީ އެމީހުންގެ އަނބިދަރިންނަށާއި ޢާއިލާއަށް ހެޔޮ މީހުންނަމަވެސް އެމީހުންނަށް އޯގާތެރި ބައެއް ނޫނެވެ. ބަސްމަގާއި ޢަމަލުތައް ހަރުކަށި ބައެކެވެ. އެހެންވެ އެމީހުންގެ ހެޔޮކަމުގެ އަގު އޮންނަނީ ވަޒަން ނުކުރެވިފައެވެ. 

އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބު ޙަދީޘްފުޅުން އެނގެން މިއޮތީއެވެ. 

ރަސޫލު الله ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ: "ހަމަކަށަވަރުން އެއްޗެއްގައި އޯގާތެރިކަން ހިމެނިއްޖެނަމަ އެއްޗެއް ޒީނަތްތެރިކޮށްދެއެވެ. އަދި އެއްޗެއްގައި އޯގާތެރިކަން ނެތިއްޖެނަމަ އެއްޗެއް ހަޑިކޮށްލައެވެ." رواه مسلم 2594 

މީސްތަކުންނޭވެ! އޯގާތެރިކަން ހިމެނިގެންވަނީ ރިވެތި އަޚްލާޤުގެ ތެރެއިންނެވެ. ރިވެތި އަޚްލާޤްގެ އެންމެ މަތިވެރި ސިފަތަކުގެ ތެރެއިންނެވެ. އެސިފަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. އަދިވެސް ވާހަކައެއް ބުނެލާނަމެވެ. 

މީސްތަކުންނަށް ވަރަށް ދީލަތި މީހުންނަށްވެސް މީސްތަކުންގެ ލޯބި ނުލިބިގެން އުޅެންޖެހެއެވެ. އެކަމުގެ ސަބަބަކަސްވެސް ގިނަ ފަހަރު ވެފައި އޮންނަނީ އޯގާތެރި ނުވެވުމެވެ. ރުންކުރުވުމާއި ހަރުކަށި ބަސްތައް ބުނެވޭ ކަމެވެ. ވީމާ މީސްތަކުންގެ ލޯބި ލިބުމަށް އެދޭނަމަވެސް އޯގާތެރިކަން އިސްކަންކުރާށެވެ! އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ރަނގަޅު ގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން