ތިބާގެ އަނބިމީހާއަށް، ފިރިމީހާއަށް އަދި ޢާއިލާގެ މީހުންނަށް އެހެން މީހަކު ބަލައިލަންވެސް ނުރުހޭއިރު ތިބާގެ ކަޅި ހިލޭ މީހުންނަށް ހުއްޓައިގެން ބަލަން ހުންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ތިބާގެ އަނބިމީހާއަށް، ފިރިމީހާއަށް އަދި ޢާއިލާގެ މީހުންނަށް އެހެން މީހަކު ބަލައިލަންވެސް ނުރުހޭއިރު ތިބާގެ ކަޅި ހިލޭ މީހުންނަށް ހުއްޓައިގެން ބަލަން ހުންނަނީ ކީއްވެ؟

އެއްވެސް މީހަކީ އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އެހެން މީހުން ބަލައި ކަޅިއަޅަން އެދޭނެ މީހެއް ނޫނެވެ. ވީމާ ތިމާއަކީވެސް އެހެން މީހުންނަށް ބަލައި އަޅާ މީހަކަށްވެގެން ނުވާނެއެވެ. އެކަމަށް އެހެން މީހުންވެސް ނުރުހޭނެކަން ޤަބޫލުކުރަންވާނެއެވެ.

ރަސޫލް ﷺ ޙަދީޘްފުޅުކުރައްވަވާފައިވެއެވެ.

"ސުވަރުގެ ވަށައިލެވިގެންވަނީ ހިތް ނޭދޭ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ހިތް އެދޭ ކަންތައްތަކުންނެވެ."

"ވީމާ ކިތަންމެ ބަލާހިތްވީ ނަމަވެސް ސުވަރުގެ ހޯދުމުގެ ބޭނުމުގައި ބެލުން ތިރިކޮށްލާށެވެ! ތިބާގެ އަންހެނުން ނުވަތަ ފިރިހެނުން މަގުމަތިން ދަނިކޮށް ހިލޭ ފިރިހެނުން ނުވަތަ އަންހެނުން އޭނާއަށް ބަލަން ނުއެދޭފަދައިން އެހެން މީހުންވެސް ނޭދޭނެކަން ހަނދާންކުރާށެވެ!"

ބެލުންތައް ތިރިނުކުރީމާ ފާފަވެރިވާނީ ވަކިބައެއް ނޫނެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ފާފަވެރިވާނެއެވެ.

މަގުމަތިން ނުވަތަ އެނޫންވެސްތަނަކުން ތިމާގެ ޤަޞްދެއް ނެތި ފެނުމަކުން ފާފަވެރިނުވާނެއެވެ. ފެނިއްޖެ ނަމަ އަވަހަށް އިސް ތިރިކުރަން ޖެހޭނެ އެވެ. އިސް ތިރިނުކޮށް ޤަޞްދުގައި ބެލުމުން ފާފަވެރިވާނެ އެވެ.

 

މިއަދު އޮންލައިން