ދަރިފުޅު ޙާފިޡަކަށް ހަދަން ބޭނުންވާނަމަ ވާހަކަ ނުދެއްކޭ ޢުމުރުން ފެށިގެން މި މަގުން މަސައްކަތްކުރީމާ ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދަރިފުޅު ޙާފިޡަކަށް ހަދަން ބޭނުންވާނަމަ ވާހަކަ ނުދެއްކޭ ޢުމުރުން ފެށިގެން މި މަގުން މަސައްކަތްކުރީމާ ފައިދާކުރާނެ! އިން ޝާ ﷲ

ގިނަ ބެލެނިވެރިންނަށް ދަރިންނަކީ ޙާފިޡަކަށް ހެދުމުގެ ޝައުޤުވެރިކަން އުފެދެނީ ވަކިވަރަކަށް ބޮޑުވާފަހުންނެވެ. ދަރިފުޅު އުޅޭ ކްލާހުގެ ބައެއް ކުދިން ޤުރްއާނުގެ ޢިލްމުން ކުރިއަރައިގެންދާތަން ފެންނަން ފެށުމުންނެވެ. އެހިސާބުންވެސް ޝައުޤުވެރިވެ މަސައްކަތް ފެށުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ. އެހެނަސް ބޮޑަށް ފައިދާކުރާނީ އެންމެ ތުއްތުއިރުންސުރެ އެކަމަށް މަސައްކަތް ފެށުމުންނެވެ.  

އެހެންވެ މިބުނެދެނީ އެންމެ ތުއްތު އިރުންސުރެ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތެވެ.  

ދަރިންނަކީ ޙާފިޡުންނަށް ހަދަން ބޭނުންނަމަ ދަރިފުޅު އުފަންވުމުން ފެށިގެން ދަރިފުޅާއި އެންމެ ރަޙްމަތްތެރި އެއްޗަކީ ކީރިތި ޤުރްއާން ކަމުގައި ހަދާށެވެ! ވާހަކަ ނުދެއްކޭއިރު ކަންފަތަށް އަޑު އިއްވާށެވެ! އެންމެ ރަނގަޅީ މައިންބަފައިން ކިޔަވައިގެން އަޑު އިއްވުމެވެ. އެކަމުގެ ފައިދާ ދަރިފުޅަށް ކުރާނެއެވެ. އިން ޝާ ﷲ  

ދަރިން ނިންދަވާއިރު ލަވައާއި ކުދިންނަށް ފައިދާ ނުކުރާނެ ވާހަކަތައް އަޑުއިއްވުމުގެ ބަދަލުގަ ޤުރްއާނުގެ އަޑު އިއްވާށެވެ! އެންމެ ބޮޑަށް ފައިދާކުރާނީ އަމިއްލައަށް ކިޔަވައި އަޑުއިއްވުމުން ނަމަވެސް ކިޔަވަން ގާތުގައި ހުންނަން އުނދަގޫނަމަ ރެކޯޑިންގ އަޑު އިއްވާށެވެ! 

ކުއްޖާ އަޑުއަހާ ހިތްވާފަދަ، ކުއްޖާގެ ޝައުޤުވެރިކަން ލިބޭފަދަ ރީތި ރާގުތަކުން އަޑު އިއްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން