ކޮންމެ ޙާލަތެއް ކުރިމަތިކުރެއްވެވިޔަސް ﷲ ތަޢާލާއަށް ޙަމްދުކުރާ މީހަކަށް އެޙާލަތުވާނީ ބޮޑު ރަޙަމްތަކަށް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޮންމެ ޙާލަތެއް ކުރިމަތިކުރެއްވެވިޔަސް ﷲ ތަޢާލާއަށް ޙަމްދުކުރާ މީހަކަށް އެޙާލަތުވާނީ ބޮޑު ރަޙަމްތަކަށް! އިން ޝާ ﷲ

ކިތަންމެ ބޮޑު ދެރައެއް ލިބުނަސް ﷲ ތަޢާލާއަށް ޙަމްދުކުރަން ބުނަނީ ކީއްވެ؟  

ޖަވާބުގައިވެސް ސުވާލެއް ކޮށްލާނަމެވެ! ލިބުނު ދެރައަށްފަހު މާއުފާވެރި ޙަޔާތެއް ދެއްވަވާފައިވާ މީހުން މަދީހެއްޔެވެ؟ ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަހުރެންގެ ވަރަށް ހަގު އުމުރުގައި އުސްތާޛަކަށް ގޮވާލަން ހޮސްޕިޓަލަށް ދިއައިމެވެ. އަހުރެން ދިއައީ އެތައް ބައަކާއިއެކުއެވެ. އެންމެން އުސްތާޛްގެ އެނދުގެ ވަށައިލީމެވެ. އެއިރު އެކްސިޑެންޓެއްގައި އުސްތާޛްގެ 1 ފައި ވަނީ ކަނޑާލައިފައެވެ.  

ދެން އަހުރެމެން ސުވާލުކުޜީމުއެވެ. އުސްތާޛަސްވީ ކިހިނަކުންތޯއެވެ؟ އުސްތާޛް ޖަވާބު ދެމުން ބުނީ މިފަދައިންނެވެ. "އަލްޙަމްދުލިﷲ އެވެ. އަހުރެންގެ އެއްފައި ބުރިކޮށްލައިފިއެވެ." އަހު7ރެމެން އެތަނުގައި ތިއްބައި އެތައް ބައަކު އުސްތާޛަށް ގޮވާލަން އައިސް ހަމަ އެސުވާލުކުރިއެވެ. ދެއްވީ ހަމަ އެއް ޖަވާބެކެވެ. މޫނުމައްޗަކުން އެއްވެސް ވަރަކަށް ކަންބޮޑުވުމެއްވެސް ނުފެނެއެވެ.  

ދެން އަހުރެންނަށް އެކަންޏެއް ނޫނެވެ. ގިނަ ބައަކަށް ވިސްނުނީ އުސްތާޛް އެބޭނުން ކުރައްވަނީ ރަނގަޅު ބަސް ނޫން ކަމަށެވެ. އެއީ އަލްޙަމްދުލިﷲ ކިޔަންޖެހޭނެ ޙާލަތެއް ނޫން ކަމަށެވެ.  

ކޮންމެއަކަސް މިއަދު އަހުރެން މިބުނަނީއެވެ. ކޮންމެ ޙާލަތެއް މިންވަރުކުރެއްވެވިނަމަވެސް އަލްޙަމްދުލިﷲ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ. ބައެއް މީހުންނަށް ﷲ ތަޢާލާ އާއި ބޮޑަށް ކުއްތަންވެވެނީ ދެއްވަވާފައިވާ ނިޢުމަތެއް އަނބުރާ ގެންދެވުމުންނެވެ. އަނެއްބައިމީހުންނަށް ބޮޑަށް ކުއްތަންވެވެނީ އިތުރަށް ނިޢުމަތް ދެއްވެވުމުންނެވެ. ދެގޮތުގައި މީހާއަށް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެވޭނެމަ އެނިމުނީއެވެ. މީސްތަކުންނަކީ ކަންކަމުގައި ތަފާތުވާނެ ބައެއްކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.  

އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތަށް ރުހުމުންނެވެ. އެއީ ދެއްވަވާފައިވާ ނިޢުމަތެއް އަނބުރާ ގެންދެވުމުން ނަމަވެސް އަދި އިތުރަށް ދެއްވެވުމުން ކަމަށްވީނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ.  

އުސްތާޛް އެ ދައްކަވައި ދެއްވެވީ އެއްފައި ބުރިކޮށްލަންޖެހުމުންވެސް ކަންބޮޑުވެނުއްލއްވާކަމެވެ. އެކަމަކު އަހުރެމެން މިއުޅެނީ ގައިގައި ކުޑަކުޑަވޭނެއް އެޅިނަމަވެސް ކެތްތެރިވެނުލެވިގެންނެވެ. ފައިފަދަ ގުނަވަނެއް ބުރިކޮށްލަން ޖެހިއްޖެ ނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ ޝަކުވާކުރުން ނޫން ކަމެއް ކުރެވޭނެ ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން