ލިބޭ އާމްދަނީ އިތުރުވާވަރަކުން ފުރަތަމަ ކަމަކަށް ޢާއިލާއަށް ކުރާ ޚަރަދު އިތުރުކޮށް ހިތްހަމަޖައްސައިދޭނަމަ އަބަދުވެސް ދާނީ އިތުރުވަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ލިބޭ އާމްދަނީ އިތުރުވާވަރަކުން ފުރަތަމަ ކަމަކަށް ޢާއިލާއަށް ކުރާ ޚަރަދު އިތުރުކޮށް ހިތްހަމަޖައްސައިދޭނަމަ އަބަދުވެސް ދާނީ އިތުރުވަމުން! އިން ޝާ ﷲ

ވަޒީފާ އަދާކުރަމުން ދަނިކޮށް މީހެއްގެ މުސާރަ ބޮޑުވެދާނެއެވެ. ނުވަތަ އަމިއްލަ މަސައްކަތެއްކޮށްގެން ގިނަ ފައިސާލިބޭނެ ގޮތް މެދުވެރިވެދާނެއެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެމީހަކު އުފާކުރާނެއެވެ. ކުއްޔާއި ބިލްތައް ދައްކާލައި ދިރިއުޅުމުގެ ފެންވަރު މަތިކޮށްލެވޭނެތީއެވެ.  

ނަމަވެސް ސުވާލަކީ ލިބޭ ފައިސާގެ ޢަދަދު ގިނަވުމުން ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު އިތުރުކުރެވޭހެއްޔެވެ؟ ނުވަތަ އިތުރަށް ލިބެންފެށި ފައިސާ ޚަރަދުކުރެވެނީ ބޭކާރު ގޮތުގައި ހެއްޔެވެ؟  

ޖަވާބަކީ ގިނަ މީހުންނަށް ލިބޭ ފައިސާ ބޭނުންކުރެވެނީ އެންމެ ރަނގަޅު ގޮތުގައެއް ނޫނެވެ. ޢާއިލާއަށް ޚަރަދުކުރާ މިންވަރު ކުޑަތަންކޮޅެއް އިތުރުކޮށްލި ނަމަވެސް ގިނަ ފައިސާ ޚަރަދުކުރެވެނީ ބޭކާރުގޮތުގައެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރުމަށެވެ.  

ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ދަތުރުކުރެވެން ފަށަނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާމަގުންނެވެ. ދަތުރުގައި ގާތްވަމުން ދެވެނީ ނަރަކައާއިއެވެ.  

ދެން ކޮށްލަން ޖެހޭ ސުވާލަކީ ތަނަވަސްކަން އިތުރުކޮށް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވުން ކޮބައިހެއްޔެވެ؟ ޙާޞިލުކުރެވުނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟  

އެހެންވީމާ ބުނެލަން ބޭނުންވަނީ ﷲ ތަޢާލާ ތިމާގެ ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވައިފިނަމަ އެއިގެ ބޭނުން އެންމެ ފައިދާހުރިގޮތުގައި ހިފާށެވެ. އަނބިދަރިންނަށް އުފާވެރިކަން ހޯދައިދޭށެވެ. މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އެހީތެރިވެދޭށެވެ. ޝުކުރުވެރިވުމަކީ އެއީއެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން