ދުނިޔެއަށް ފޮނުއްވެވި އަދި ފޮނުއްވަވާނެ އަންހެނުންގެ ތެރެއިންވެސް ސުވަރުގޭގަ އެންމެ މަތިވެރި ދަރަޖަ ލިބިގެންވާ 4 ބޭކަނބަލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދުނިޔެއަށް ފޮނުއްވެވި އަދި ފޮނުއްވަވާނެ އަންހެނުންގެ ތެރެއިންވެސް ސުވަރުގޭގަ އެންމެ މަތިވެރި ދަރަޖަ ލިބިގެންވާ 4 ބޭކަނބަލުން-

ﷲ ތަޢާލާ މަތިވެރި ދަރަޖަ ދެއްވަވާނެ އަންހެނުން ވަރަށް ގިނަވާނެއެވެ. މިއުންމަތުގެ ކޮންމެ މައިކަނބަލަކީވެސް އެފަދަ ބޭކަނބަލެކެވެ. އެހެންކަމާއިއެކުވެސް ސުވަރުގޭގައި އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގަންނަވާނެ 4 ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ހަމައެކަނި ޚަދީޖަތުގެ ފާނެވެ.

އެންމެހައި އަންހެނުންގެ ތެރެއިން ސުވަރުގޭގައި އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގަންނަވާނެ 4 ބޭކަނބަލުން ޙަދީޘްފުޅުން އެގެން އެބައޮތެވެ. އެއީ:

1 ޚަދީޖާ ބިންތް ޚުވައިލިދް (ޚަދީޖަތުގެފާނު)

2 ފާޠިމަތު ބިންތް މުޙައްމަދު (ފާޠިމަތުގެފާނު)

3 މަރްޔަމް ބިންތް އިމްރާން (މަރްޔަމްގެފާނު)

4 އާސިޔާ ބިންތަ މުޒަހިމް (ފިރުއަޢުނުގެ އަނބި)

bn Abbas reported: The Messenger of Allah, peace and blessings be upon him, said,

“The best of women among the people of Paradise are Khadija bint Khuwaylid, Fatimah bint Muhammad, Maryam bint ‘Imran, and ‘Asiyah bint Muzahim, the wife of Pharaoh.”

Source: Musnad Aḥmad 2896

Grade: Sahih (authentic) according to Al-Albani

ސުވަރުގޭގައި މަތީ ދަރަޖަ ލިބުމަށް އަންހެނެއް އަދި ފިރިހެނެއް ނުވެއެވެ. ބޭނުންވަނީ ތަޤްވާވެރިކަމެވެ. ފަހުޒަމާން ކަމަށް ބުނެވޭ މިދުވަސްވަރުގައިވެސް ތަޤްވާވެރިވެވިއްޖެ ނަމަ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެތެވެ.

ތިމާއަކީ ކަލާނގެކަމަށް ދަޢުވާކުރި ފިރުއަޢުނުގެ އަންތބެއްގެ ގޮތުގައި އިންނަވައި އާސިޔާ ބިންތަ މުޒަހިމް އަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގަތުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި މީހެއްގެ ދަރަޖަ އުފުލިގެން ދިއުމުގައި މާހައުލާއި ޒަމާނުގެ އެއްވެސް ދަރަޖައެއް ނެތްކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން