ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަ ޙައްލުނުކުރެވި، ހިތާމަކުރަންޖެހޭ ސަބަބަކީ ކުރެވިފައިވާ ފާފައަކަށް ތައުބާނުވެވި އޮތުމުން ކުރިމަތިވެގެން އުޅޭ ކަމަކަށްވުމަކީ ގާތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަ ޙައްލުނުކުރެވި، ހިތާމަކުރަންޖެހޭ ސަބަބަކީ ކުރެވިފައިވާ ފާފައަކަށް ތައުބާނުވެވި އޮތުމުން ކުރިމަތިވެގެން އުޅޭ ކަމަކަށްވުމަކީ ގާތްކަމެއް!

ފާފަކުރެވުމަކީ މީހާގެ ޢާންމު ދިރިއުޅުމަށް އެކަމުގެ އަސަރު އެކިގޮތްގޮތުން ކުރާކަމެކެވެ. އަދި އެކަމުގެ އަސަރު ކިތަންމެ ފަހުންވެސް ފެނިދާނެއެވެ. އަދި ކޮންމެ ގޮތަކަށްވެސް ފެނިދާނެއެވެ.  

އެހެންވެ ޞަހާބީންނާއި ތާބިޢީ ބޭކަލުންވެސް އެއްބޭކަލު އަނެއް ބޭކަލަކަށް ހަނދާންކޮށްދެއްވެވި 3 ކަމެއް ވެއެވެ. އެބޭކަލުން އެހެން ބޭކަލަކަށް ސިޓީއެއް ލިޔުއްވާނަމަވެސް 3 ޖުމުލައެއް ލިޔުއްވިއެވެ. 

1: ސިއްރުގައި ކުރާ ޢަމަލުތައް އިޞްލާޙްކޮށްފިނަމަ އެމީހަކާއި ޢާންމުންނާއި އޮންނަ ގުޅުން ﷲ ތަޢާލާ އިޞްލާޙްކުރައްވަވާނެތެވެ. (ހެޔޮގޮތަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ.)

2: މީހަކު ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާނަމަ އެމީހަކާއި މީސްތަކުންނާއި އޮންނަ ގުޅުން ﷲ ތަޢާލާ ބަދަހިކުރައްވަވައި ދެއްވަވާނެތެވެ.

3: އާޚިރަތް ލިބިގަންނަން މަސައްކަތްކުރާނަމަ ދުނިޔޭގައި އެމީހަކަށް ކުރިމަތިވާ މާލީދަތިތަކަށް ޙައްލެއް ހޯއްދަވައި ދެއްވަވާނެތެވެ.  

މިކަންކަމަށް ތިއަ ލޮބުވެތި އަޚުންނާއި އުޚުތުން ވިސްނަމުހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ޖެހި، ޙައްލުނުކުރެވިގެން، ހިތާމަކުރަން ޖެހިގެން ތިއައުޅޭ މައްސަލައަކީ ތިބާއަށް ކުރެވިފައިވާ ފާފައަކަށް ތައުބާނުވެވި އޮތުމުގެ ސަބަބުން ކުރިމަތިވެގެން އުޅޭ މައްސަލައަކަށްވެދާނެއެވެ. ވީމާ ކައުންސިލަރެއްގެ ގާތަށް ނުވަތަ ޢިލްމުވެރިއެއްގެ ގާތަށް ދިއުމުގެކުރިން ފުރަތަމަ ކަމަކަށްވެސް ކުރެވިފައިވާ ފާފަތަކަށް ތައުބާވާށެވެ! އަދި ﷲ ތަޢާލާގެ ހަޟްރަތާއި ތިބާއާއި ދެމެދުގައިވާ ގުޅުމަށް ވިސްނައި ޢަމަލުތައް އިޞްލާޙްކޮށްލާށެވެ!

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން