ވަރަށް މަސައްކަތްކޮށްފީމެވެ. އެކަމަކު ފަތިސްނަމާދުގެ ވަޤުތުގައި ކުރެވޭނެ ގޮތެއް އަދިވެސް ނުވެއެވެ. މިކަމުން އަރައިގަންނަން ކުރެވޭނީ ކޮންކަމެއްތޯ؟
ޖަވާބުތައް ބައިވަރެވެ. ފުރަތަމަ ޖަވާބަކީ އަވަހަށް ނިދައި ނިދިހަމަކުރުމެވެ. ދެވަނަ ޖަވާބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ފަތިސްނަމާދުން ދުވަސްފަށަން ކަމާއި އެކަން ނުކުރެވޭނަމަ ތިމާއަކީ ނުކިޔަމަންތެރިއަކު ކަމަށް ޤަބޫލުކުރެވުމެވެ. ދުވަހުގެ ރިޒުޤް ގުޅިފައިވަނީ ފަތިސްނަމާދާއިކަންވެސް ޤަބޫލުކުރެވުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ފަތިސް ނަމާދަށް ނުހޭލެވޭ ސަބަބުތައް ވަރަށް ގިނަވެފައި ނުހޭލެވޭ މީހުން އެހައިމެ ގިނައެވެ. އެކަމަކު މުސްލިމުންނަށް ދުވަސް ފަށަން އޮތީ ފަތިސްނަމާދުންނެވެ. އެހެންކަމުން މިވާގޮތަކާއިމެދު ވިސްނަން އެބަޖެހެއެވެ.
ކޮންމެ މީހަކަށްވެސް ދުވާލަކު 7 ގަޑިއިރާއި 9 ގަޑިއިރާއި ދެމެދުން ނިދިބޭނުންވާނެއެވެ. މިހައިތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި 6 ގަޑިއިރު ނުނިދޭ މީހުންގެ ތެރެއިން އެމީހާ ކުރަންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ކުރެވެނީ އެންމެ 1 އިންސައްތަ މީހުންނަށެވެ.
އެކި މީހުންނަށް ނިދި ބޭނުންވާނީ އެކިވަރަށެވެ. 7،8،9 ގަޑިއިރުގެ ނިދި ބޭނުންވާ މީހުން އުޅޭނެއެވެ. ވީމާ އަމިއްލައަށް ހިސާބު ހަދައިލާށެވެ. 7 ގަޑިއިރު ނިދަން ބޭނުންވާ މީހާ އިތުރަށް 8 ގަޑިއިރުކުރިއަށްލައި ނިދަންވާނެއެވެ. މިސާލަކަށް ފަޖުރު ވަގުތު ފެށެނީ 5 ޖަހާއިރު ކަމަށްވާނަމަ އިރާކޮޅު 9 ޖަހާއިރު ނިދަންވާނެއެވެ. އެއިރުން 7 ގަޑިއިރު ހަމަކޮށް 4 ޖަހާއިރު ހޭލެވޭނެއެވެ. ހޭލެވުމުން ތައްޔާރުވެލައި ފަޖުރުލުމުގެކުރިން ތަހައޖުދު ނަމާދުކޮށްލާނީއެވެ.
ފަތިސްނަމާދަށް ނުހޭލެވިގެން ކަންބޮޑުވިމީހަކާއި އަހަރެން ސުވާލުކުރީމެވެ. "ފަތިހު 5 ޖަހާއިރު އޮތް ބައްދަލުވުމަކުން ތިބާއަށް 1 މިލިއަން ޑޮލަރު ލިބޭނަމަ ތިބާ ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ ހޭލައި ހުރެގެންވެސް އެބައްދަލުވުމަށް ދާނެ ކަމަށެވެ."
އަސްލު މައްސަލަ މިފެށެނީ މިހިސާބުންނެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތްކުރުމުން އެލިބިގެންދަނީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ މާމަތިވެރި ނިޢްމަތްތަކެވެ. އެއީ މިލިއަން، ބިލިއަން، ޓްރިލިއަން، ޒިލިއަން ޑޮލަރަށްވުރެ މާއަގުހުރި ނިޢްމަތެވެ.
މީސްތަކުންނަށް މިއަދު ޤަބޫލުނުކުރެވިގެން މިއުޅެނީ މިހައި ގިނަ ނިޢްމަތް ނުވަތަ މިވަރަށް ﷲ ތަޢާލާގެ ރަޙްމަތް ތިމާއަށް ލިބެން އޮތްއިރު އެ ލިބިގަންނަން ޖެހޭނެ ކަމެވެ. އެކަން ޤަބޫލުކުރެވުމުން އަވަހަށް ނިދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ފަތިހު ހޭލާނެއެވެ. ފަތިސް ނަމާދުގެ އިހު ސުންނަތްކޮށް ފަތިސް ނަމާދުވެސް ކުރާނެއެވެ. އަދި ސުވަރުގެ ލިބުމަށް ދަހިވެތިވާ މީހާ އެއަށްވުރެވެސް ކުރިއަށް ހޭލައި ތަހައްޖުދު ނަމާދުވެސް ކުރާނެއެވެ.
ނިދުމަކީވެސް އެމީހަކު ބޭނުންވާ ގޮތަކަށް ކޮންޓްރޯލްކޮށް ހޭނުވޭ އެއްޗެކެވެ. އެތައް އަހަރެންވަންދެން ދުވާލަކު 4 ގަޑިއިއރު ނިދައިގެން އުޅެފީމެވެ. މިހާރު މިނިދަނީ 3 ގަޑިއިރުއެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަމިކުރަނީ ދަޢުވާ ފެތުރުމަށެވެ. މިގޮތަށް ﷲ ތަޢާލާ މިވަނީ އަހަރެންނަށް މަގުފަހިކޮށްދެއްވަވައިފައެވެ.
- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން