އިސްލާމް ދީން މަތިވެރިކުރަން ތިބާކުރަނީ ކޮންކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އިސްލާމް ދީން މަތިވެރިކުރަން ތިބާކުރަނީ ކޮންކަމެއްތަ؟

އެމެރިކާއާއި ހުޅަނގުގެ ބައެއް އަންހެނުން ބުނެފައިވެއެވެ. "އަހުރެމެން ބޮޑުވީ ނައިޓްކްލަބްތަކުގައެވެ. ނެށުމަކީ ވަރަށް ކުރާ ހިތުން ކުރި ކަމެކެވެ. އެކަމަކު އިސްލާމްވުމުން އެނގުނީ އެއީ އުޅެން އޮތްގޮތް ނޫން ކަމެވެ. އެހެންވެ މިހާރު އަހުރެމެންނަށް އެންމެ ބޮޑު އުފަލެއް ލިބެނީ އަވަހަށް ނިދައި ފަތިހު ހޭލައި ﷲ ތަޢާލާއަށް އަޅުކަންކުރުމުންނެވެ."  

އެއްވެސް ޝައްކެއް ނެތެވެ. އިސްލާމްދީން އަންނަނީ ކުރިއަރަމުންނެވެ. އެމީހުން އެނގެންދަނީ އިސްލާމްދީން މަތިވެރިކުރަން މަސައްކަތްކުރަމުންނެވެ. ސުވާލަކީ އިސްލާމް ދީން މަތިވެރިކުރަން  އަހުރެމެން ކުރަނީ ކޮންކަމެއްތަ؟  

ޔޫރަޕާއި އެހެންވެސް ބައެއް ޤައުމުތަކުގައި އިސްލާމް ދީނަށް ގެއްލުންދިނުމަށް ޙަރަކާތްތައް ހިންގާކަމާއިމެދު ދެގޮތަކަށް ޔޫރަޕްގެ މުސްލިމުން ޖަވާބުދެއެވެ

ފުރަތަމަ ޖަވާބަކީ އާނއެކެވެ! "އާނއެނކޭ ބުނަންޖެހޭ ސަބަބަކީ މީޑިއާތަކުން އިސްލާމްދީނާ ދެކޮޅަށް ވަރަށް ގިނަ ކެންޕޭނުތައް ކުރެއެވެ. އަދި ސަރުކާރުތަކުން ފިޔަވަޅުތައްވެސް އަޅައެވެ."  

ދެވަނަ ޖަވާބަކަށް ބަލައިލަންވީ އެކަންކަމުން ނުކުންނަމުން އަންނަ ނަތީޖާއަށެވެ. އެއީ ތަންކޮޅެއް ދިގުވާހަކައެކެވެ. މަޝްހޫރު ސެޕްޓެމްބަރު 11 ގެ ޙާދިސާ ޔަހޫދީން ޜާވައި އެމެރިކާ ލައްވައި ހިންގުވީ އިސްލާމް ދީނަށް މިޙަމަލާތައް ދޭންވެގެންނެވެ. މިހެން ބުނީމާ އެހައި ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމެއް ބައަކު އަމިއްލައަށް ކޮށްފާނެކަމާއިމެދު ސުވާލުއެފެދޭ ފަރާތްތަކަށް ބުނެލަން އޮތީ އެކަމުން އެމެރިކާއަށް ލިބުނު މާލީ ފައިދާ އެތައް ގުނައަކަށް އިތުރުކަމެވެ.  

ކޮންމެއަކަސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދަތި އުނދަގޫ ކަންތައްތަކެއް މުސްލިމުންނަށް ކުރިމަތިވިނަމަވެސް، ހިތްދަތިވާންޖެހުނު ނަމަވެސް އިސްލާމް ދީނަށް ލިބެމުން އަންނަނީ ވަރަށް ބޮޑު ނަޞްރެކެވެ.  

މީގެ ކުރިން ޔޫރަޕްގައި އިސްލާމް ދީން އޮތީ ވަރަށް ބީރައްޓެހި، ބައަކު އަޅައިވެސްނުލާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު ޙާލަތު ބަދަލުވެއްޖެއެވެ. އިސްލާމްދީނާއިމެދު ސާފުމަޢުލޫމާތު ހޯދަން ގިނަ ބައަކު ސުވާލުތައް ކުރަން ފަށައިފިއެވެ. އަމިއްލައަށް ދިރާސާތައް ކުރަން ފަށައިފިއެވެ. އެކަމުގެ ހެޔޮ ނަތީޖާ އަންނަނީ ފެންނަމުންނެވެ. މިއިން ޒަމާނަކު އިސްލާމް ނުވާހައި ގިނަ މީހުން އަންނަނީ އިސްލާމްވަމުންނެވެ. އިން ޝާ ﷲ 

މިއަދު އެމެރިކާ އެންމެ ރުޅި ގަދަވާ ސަބަބަކީ އެއީއެވެ. އިސްލާމް ދީނަށް ގެއްލުންދީ ނިކަމެތިކުރަން ކުރި މަސައްކަތް ފުރޮޅިގެންގޮސް އިސްލާމްދީނަށް ނަޞްރުލިބޭ ކަމަކަށް ބަދަލުވީތީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟  

އަހުރެމެން މުސްލިމުން މިތިބީ އަހުރެމެން އަހުރެމެން އަމިއްލައަށް އުފަންކުރުވައިގެން އުޅޭ ދީނެއްގައެއް ނޫނެވެ. އެންމެހައި މީސްތަކުންނާއި ދުނިޔޭގައި ވާގައި އެއްޗެއް އުފެއްދެވި ﷲ ތަޢާލާގެ ދީނުގައެވެ. އެދީން ނިކަމެތިކުރުމަކީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟  

- މިއީ އިސްލާމް ދީނާއި ދެކޮޅަށް އެންމެ ބޮޑަށް ޙަރަކާތްތެރިވަމުން އަންނަ ޔޫރަޕްގެ އެއް ޤައުމު ކަމަށްވާ ބެލްޖިއަމްގެ މުސްލިމަކު ދައްކާފައިވާ ވާހަތަކަށް ބަލައި ލިޔެފައިވާ ލިޔުމެވެ. 

މިއަދު އޮންލައިން