ބައެއް ދުވަސްތަކުގައި ގިނައިން އަޅުކަން ކުރެވިފައި އަނެއްބައި ދުވަސްތަކުގައި ކަންނެތްވެއެވެ. އެއްބައި ދުވަސްތަކުގައި ފާފަ ނުކުރަން ހިތްވަރުކޮށްފައި އަނެއްބައި ދުވަސްތަކުގައި ވަރަށް ފަސޭހައިން ފާފަތައް ކުރެވެއެވެ.
މިއީ ގިނަ ބައަކަށް ކުރިމަތިވާ ކަމެކެވެ. އެފަދަ މީހުން މިދުޢާކުރާށެވެ! އީމާންކަން ވަރުގަދަވެ ފާފަނުކޮށް ހުންނަން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ
މިއީ ސުންނަތުން އެނގެން އޮތް ދުޢާއެކެވެ.
اللَّهُمَّ حَبِّبْ إِلَيْنَا الإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ.
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް އީމާންކަން ލޯބިކުރުވައި، އަޅަމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރި ކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ކާފިރުކަމާއި، ފާސިޤުކަމާއި، އުރެދުން ނުރުހޭ ކަމެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ލައްވާނދޭވެ!"
- މާނަ: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން