ސިޙުރާ އެސްފީނާ އަދި ޝައިޠޯނާގެ އުނދަގުލުން ސަލާމަތްވުމަށް ފެން ކިޔަވާނެ ގޮތް-: ޝައިޚް ތޯހާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ސިޙުރާ އެސްފީނާ އަދި ޝައިޠޯނާގެ އުނދަގުލުން ސަލާމަތްވުމަށް ފެން ކިޔަވާނެ ގޮތް-: ޝައިޚް ތޯހާ

ސިއުޒާ

 

އެސްފީނާއަށް ފެން ކިޔަވާނެގޮތް ކުޑަކުދިންނަށްވެސް އަދި ބޮޑެތި މީހުންނަށްވެސް.

ފެން ޖަގެއް އަދި ތެޔޮ ފުޅިއެއް ހޯދާނީ. ކިޔަވާނީ ސޫރަތުލް ފާތިޙާ، އާޔަތުލް ކުރުސި، ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ކާފިރޫން ސޫރަތް، އިޚްލާސް، ފަލަޤި، ނާސި ސޫރަތް.  

އެއްފަހަރު ނުވަތަ ތިން ފަހަރު ނުވަތަ ހަތް ފަހަރު ނުވަތަ މިއަށްވުރެ ގިނައިންވެސް ކިއިދާނެ. އެންމެ ފުރަތަމަ (ފުޅިތަކުގެ) މަތި ނަގާފަ ކިޔަވަން ފަށާނީ. ކިޔަވާ ނިމުމަށް ފަހު ފުމެލާނީ. ފުމެލާއިރު ކުޑަ ކުޅުކޮޅެއް ދާގޮތަށް ފުމެލުން އެންމެ ރަނގަޅު ކަމަށް ޢިލްމުވެރިން ވިދާޅުވަނީ. ނަމަވެސް ހަމަ ފުމެލިއަސް މައްސަލައެއް ނެތް ކުޅުކޮޅެއް ނުދާގޮތަށް. އެހެންވީމަ ކިޔަވާ ނިންމާފަ ފުމެލާނީ މިގޮތަށް. ފެން ޖަގުގެ ބަދަލުގައި ފެން ބާލިދީއެއް ނުވަތަ ފެން ފުޅިއެއް ބެހެއްޓިއަސް މައްސަލައެއް ނެތް. ވަރަށް ކުޑަ ކުއްޖެއް ކަމުގައި ވާނަމަ ފެން ތަށްޓެއްވެސް މައްސަލައެއް ނެތް.  

ފެން އަޅާނެ  ގޮތަކީ، ބޮލުގެ ފަހަތުން ފެށިގެން ކަނދުރާއާ އެއްކޮށް އެއްފަހަރުން އޮއްސާލާނީ. ދުވާލަކު އެއްފަހަރު މިގޮތަށް ފެން ވަރާނީ. ދެން ތެޔޮ ގައިގަ ލާނީ ނިދުމުގެ ކުރިން، ދުވާލަކު އެއްފަހަރު މުޅި ގައިގަ.  

މީ އެސްފީނާގެ އިތުރުން ސިޙުރާއި އަދި ޖިންނި ޝައިޠާނުންގެ އުނދަގޫތަކަށްވެސް ފައިދާ ކުރަނިވި ފަރުވާއެއް. އިންޝާﷲ، އެކާވީސް ދުވަހަށްފަހު ރަނގަޅު ނުވިނަމަ އަދި އިތުރަށްވެސް މި ފަރުވާ ކުރެވިދާނެ. 

- ފުމޭނީ ޖުރުސި އަދި ކޮންމެ ސޫރަތެއް ކިޔަވާފަ

- ފެންފުޅިއަށާ ތެޔޮފުޅިއަށް އެކުގައި ކިޔެވިދާނެ.

- 2 ފުޅިއަށްވެސް މެންވާނެ

 

- ޝައިޚް މުޙައްމަދު ތޯހާ

 

މިއަދު އޮންލައިން