އެންމެންނަށް ޝެއާކޮށް މިދުޢާ ކުރަން އެދޭށެވެ! މިއީ ކޮންމެ މީހަކުވެސް ތިމާއަށާ އެންމެންނަށްޓަކައި ކުރަން ފައިދާހުރި އަދި އެންމެންގެ ފަރާތުން ތިމާއަށް ދުޢާ ލިބޭނެ ދުޢާއެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެންމެންނަށް ޝެއާކޮށް މިދުޢާ ކުރަން އެދޭށެވެ! މިއީ ކޮންމެ މީހަކުވެސް ތިމާއަށާ އެންމެންނަށްޓަކައި ކުރަން ފައިދާހުރި އަދި އެންމެންގެ ފަރާތުން ތިމާއަށް ދުޢާ ލިބޭނެ ދުޢާއެއް! އިން ޝާ ﷲ

މިދުޢާއަކީ ހަމަ ކޮންމެ މީހަކުވެސް އެމީހަކަށާއި އެންމެހައި މީސްތަކުންނަށްޓަކައި ކުރަން ފައިދާހުރި ދުޢާއެކެވެ. ދުޢާގައި އެވަނީ އެމީހަކާއި ހުރިހާ އެންމެން ހިމެނޭ ގޮތަށެވެ. އެގޮތަށް ދުޢާކުރީމާ ދުޢާގައި ހިމެނޭ އެންމެންގެ ފަރާތުން އެމީހަކަށްޓަކައި ހަމަ އެދުޢާ ކުރައްވަވާނެތެވެ. އިން ޝާ ﷲ  

ޔާ ﷲ! މިއަޅާއަށާއި ދަތިޙާލުގައިވާ އެންމެންނަށް ރިޒުޤް ތަނަވަސްކޮށްދެއްވަވާނދޭވެ!

ޔާ ﷲ! މިއަޅާއަށާއި އެންމެހައި މީސްތަކުންނަށް ފޮރުވިގެން ތިބެގެންނާއި ފައުޅުގައި ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ނުބައިކަމުންނާއި އެމީހުންގެ އަނިޔާއިންނާއި ގެއްލުންތަކުން އަޅަމެން އެންމެން ސަލާމަތް ކުރައްވަވާނދޭވެ!

ޔާ ﷲ! މިއަޅާ އާއި އެންމެހައި މީސްތަކުންގެ ގެތަކުގައި އުފާވެރިކަން ލައްވަވާނދޭވެ! އަޅަމެން އެންމެންގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނދޭވެ! އަދި މިއަޅާ އާއި އެންމެހައި މީސްތަކުންނަށް ކުރިމަތިވެފައިވާ ހިތާމަތަކުގެ ސަބަބުން ލޮލުން އޮހޮރަންޖެހޭ ކޮންމެ ކަރުނަ ތިއްކަކީ އަޅަމެންނަށްޓަކައި ރަޙްމަތެއް ކަމުގައި ލައްވަވާނދޭވެ! އާމީން  

މިފަދަ ދުޢާއަށް "އާމީން" ކޮމެންޓް ކުރުމުންވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން