ބައެއް މީހުން ވިސްނައިނުލެވި ތިބެ މޫނުބުރުގާއަޅާ އަންހެނުންނަށް އިހާނެތި ބަސްތައް ބުނެއެވެ. އެމީހުން އެފަދަ ބަސްތައް ބުނަނީ މޫނުބުރުގާއަޅައިގެން ތިބޭ ބައެއް އަންހެނުންގެ ކިބައިން ފެންނަ ނޭދެވޭ ކަންކަމުގެ ސަބަބުންކަމަށްވެދާނެއެވެ. އަޢުރަ ނިވާނުކޮށް ތިބޭ އަންހެނުންގެ ކިބައިން މާބޮޑެތި ކަންކަންވެސް ފެނެއެވެ. އަދި އެފަދަ ބައެއް އަންހެނުންގެ ކިބައިން ވަރަށް ރަނގަޅު ކަންކަންވެސް ފެނެއެވެ. ވީމާ މީހަކުކުރާ ކަމަކުން އެންމެންނަށް ރައްދުވާ ގޮތަށް ބަސްބުނުމަކީ ހުއްދަ ކަމެއް ނޫނެވެ.
މީހުންނަށް ބަސްބުނަންވާނީ އެމީހަކު ކުރި ކަމަކަށެވެ. އެގޮތުންވެސް ބަސްބުނަންވާނީ އެމީހަކަށެވެ. އަދި ރަނގަޅު ގޮތަކީ އެމީހަކަށް ނަޞީޙަތްތެރިވުމެވެ. ފައިދާކުރާނީ އެއިރުންނެވެ. އިސްލާމް ދީނަށް ނަޞްރު ލިބި ކުރިއަރައިގެން އައީ އެމަތިވެރި އުޞޫލުގައި ހިފަހައްޓައިގެން ތިބެ ދީނަށް ނަޞްރުދޭން މަސައްކަތްކުރުމުންނެވެ.
ވިސްނައިލާށެވެ! ޒިނޭކުރަން ބޭނުންވެގެން ހުއްދަހޯދަން ދިއަ ޒުވާނާއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބުރަ ބަހެއް ޙަދީޘްފުޅެއް ނުކުރައްވަވައެވެ. ނަޞޭޙަތް ދެއްވެވީ ޙިކުމަތްތެރިކަމާއިއެކުގައެވެ. އެކަމުގެ ހެޔޮ ނަތީޖާ ފެނުނެވެ. އަހުރެމެން ވާންޖެހޭނީ އެމަތިވެރި ސުންނަތަށް ޢަމަލުކުރާ ބައަކަށެވެ.
މިއަދު މައްސަލައަކަށް މިވަނީ ނަޞީޙަތް ދިނުމުގެ ބަދަލުގައި ޢަމަލުކުރެވޭ ގޮތެވެ. އަނެކާ މާޔޫސްވާނެ ގޮތަށް ކަންކަން ކުރެވޭތީއެވެ. މީހުން އިޞްލާޙްވެ ދީނަށް ކުރިއެރުން ލިބޭނީ ޙިކުމަތްތެރިކަމާއިއެކު ސުންނަތަށް ޢަމަލުކޮށްގެންނެވެ.
މޫނުބުރުގާއެޅުމަކީ ދީނުގައި އަންހެނުންނަށް މަޖުބޫރުކަމެއް ނޫނެވެ. ނަމަވެސް އެއީ އެކަނބަލުން ނިވާވުމަށް އޮތް އެންމެ މަތިވެރި މިންގަނޑެވެ. ވީމާ މޫނުބުރުގާ އަޅައިފިނަމަ އެބޭކަނބަލަކަށް ހިތްވަރުދޭށެވެ. ނުބައި ނުވަތަ ނިކަމެތި ބަހެއް އެއްގޮތަކަށްވެސް ނުބުނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށާއި އެފަދަކަމެއް ކުރާމީހާގެ އީމާންކަން މުރާޖަޢާ ކުރަންޖެހޭނެއެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މޫނު ބުރުގާ އެޅުން ދީނުގައި މަޖުބޫރު ނުވިނަމަވެސް އެދަރަޖައިގައި ނިވާވާން ބޭނުންވާ އަންހެނުންނަށް އެކަމަށް ފުރުޞަތުދޭންޖެހޭނެއެވެ. އެހެނީ އަންހެނުން ފޭރާންލައި ނިވާވުމުގެ އެންމެ މަތީ ދަރަޖައަކީ އެއީއެވެ. އެންމެ މަތީ ދަރަޖައިގައި ނިވާވާން ބޭނުންވާ އަންހެނަކަށް އެއްވެސް ހުރަހެއް އަޅައިގެން ނުވާނެއެވެ.
ލިޔުމުގައިވާ "ގުޅުންހުރި ލިޔުން" ވިދާޅުވެލައްވާށެވެ! އަޅުގަނޑުމެން މިއަދު މިތިބީ ކޮން ހިސާބެއްގައިކަން ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ.
Firstly:
The Muslim who cares about his religion feels deeply hurt when he sees opposition to Islam and its symbols, not only from the disbelievers but even from Muslims who outwardly claim to belong to Islam. Among them are some who speak out of ignorance, and there are some who speak on the basis of evil and heresy.
When we compare the war on modesty and chastity in non-Muslim countries and some countries that claim to be Muslim, we will find that the enmity in the latter countries is more severe and greater, because they have promulgated laws that ban covering the head, whereas those non-Muslim countries – such as France and Belgium – have promulgated laws that ban covering the face only. There is a clear difference between the two matters. But the distress in the hearts of those who care about Islam was – and still is – due to a number of reasons:
1. These countries are supposedly Muslim, not Christian or Jewish
2. They ban covering the head and punish people for doing so; they humiliate the chaste women who wear hijab, and prevent them from studying, working or seeking medical treatment.
3. Their war on chastity and modesty is an old one; they were decades ahead of non-Muslim countries.
ގުޅުންހުރި ލިޔުން: