ފަތިސް ނަމާދަށް ހޭލަން އުޅުނަސް ނުހޭލެވުމާއި ނަމާދުތައް ކުރަން އުނދަގޫވާ ސަބަބަކީ ﷲ ގެ ޙަޟްރަތުގަ ތިބާގެ ދަރަޖަ ވެއްޓިފައި އޮތުމުން ކަމަށްވެދާނެ! އަވަހަށް އިޞްލާޙްކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފަތިސް ނަމާދަށް ހޭލަން އުޅުނަސް ނުހޭލެވުމާއި ނަމާދުތައް ކުރަން އުނދަގޫވާ ސަބަބަކީ ﷲ ގެ ޙަޟްރަތުގަ ތިބާގެ ދަރަޖަ ވެއްޓިފައި އޮތުމުން ކަމަށްވެދާނެ! އަވަހަށް އިޞްލާޙްކޮށްލަމާ!

ބައެއް މީހުންގެ ޝަކުވާއަކީ ފަތިސް ނަމާދަށް ހޭލަން ކުރަންޖެހޭ ކަންކަން ކުރުމުންވެސް ނުހޭލެވޭކަމެވެ. އަވަހަށް ނިދިނަމަވެސް ގަނޑިސޯނާކުރިނަމަވެސް އަދި ބައިވެރިޔާ ގޮވިނަމަވެސް ނުހޭލެވޭކަމެވެ. އަނެއް ބައެއްގެ ޝަކުވާއަކީ ދުވާލުގެ ނަމާދުތައް ކުރަން ޖަމާޢަތަށް ދާން މަސައްކަތްކުރިނަމަވެސް ކޮންމެވެސް ކަމެއް މެދުވެރިވެގެން ޖަމާއަތަށް ނުދެވޭކަމެވެ. އަދި އަދާއަށް ބައެއް ނަމާދު ކުރަން އުނދަގޫވާކަމެވެ.  

މިކަންކަމަޚީވެސް ހަމަ މެދުވެރިވާ ކަންކަމެވެ. މިފަދަ ގޮތެއް މެދުވެރިވާނަމަ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ނަފުސުގެ ހިސާބު އަމިއްލައަށްކޮށްލާށެވެ! މާނައަކީ ފާފަކުރެވޭ މިންވަރާއިމެދު ވިސްނައިލާށެވެ! އަވަހަށް އެކަންކަން އިޞްލާޙްކޮށްލާށެވެ!  

އެހެނީ މިފަދަ ކަމެއްގެ ޝަކުވާހިފައިގެން އިމާމް ޙަސަނުލްބަސަރީގެ އަރިއަހަށް ދިއަ މީހަކަށް ވިދާޅުވީ އެކަމުގެ ސަބަބަކީ ކުރެވޭ ފާފަތަކުގެ ސަބަބުން އޭނާގެ ދަރަޖަ ވެއްޓިފައިވުން ކަމުގައިވެދާނެ ކަމަށެވެ. އެބަސްފުޅަށް ބަލައިފިނަމަ އެނގިގެންމިދަނީ ފާފަކުރެވޭނަމަ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަށްވަމުންދާނެކަމެވެ.  

އަހުރެމެން ކޮންމެ މީހަކުވެސް މަސައްކަތް މިކުރަނީ ސުވަރުގެ ލިބުން އެދިގެންނެވެ. ސުވަރުގެ ލިބުމުގެ ފުރަތަމަ ހަރުފަތަކީވެސް ނަމާދު ޤާއިމުކުރެވިފައިވުމެވެ. އެމީހަކީ ނަމާދު ޤާއިމުކުރެވިފައިނުވާ މީހަކު ނަމަ ފުރަތަމަ ހަރުފަތްވެސް ގިރާ ނުކުރެވޭނެއެވެ.  

ވީމާ ސުވަރުގެ ލިބިގަންނަން އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ފާފަކުރުމުން ސަލާމަތްވެ ހުންނަން މަސައްކަތްކުރާށެވެ. ނަމާދުކުރުމަކީ ފަސޭހަކަމެއްކަމަށް ވެގެންދިއުމާއި ގުޅިފައިވާ ކަމަކަށްވާތީއެވެ. ކޮންމެ މީހަކަސްވެސް ފާފައެއް ކުރެވިދާނެއެވެ. އެއީ މެދުވެރިވެދާނެ ކަމެކެވެ. ވީމާ ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ! ސުވަރުގެ ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން