މި ދެކަންތަކާ ނުލައި އެއްވެސް ކަމެއް އިޞްލާޙެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މި ދެކަންތަކާ ނުލައި އެއްވެސް ކަމެއް އިޞްލާޙެއް ނުކުރެވޭނެ!

އަޅުގަނޑުގެ ކުށް ޤަބޫލުކުރަމެވެ. އިޞްލާޙްވާން މަސައްކަތްވެސް ކުރަމެވެ. އެކަމަކުވެސް އިޞްލާޙްނުވެވެނީއެވެ. ޙައްލަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ދޭންއޮތް ޖަވާބަކީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ކަންކަން އިޞްލާޙްކުރަން ފުރިހަމަކުރަން ޖެހޭ 2 ޝަރުޠު ފުރިހަމަކުރައްވާށެވެ! ނުކުތް ނަތީޖާވެސް އަންގަވައިލަދެއްވާށެވެ! 

އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން އެންމެ ބާރަށް އިވޭ އެއްއަޑަކީ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރެވޭވާހަކައާއި އެކަމަށް ކުރެވޭ މަސައްކަތުން ނަތީޖާއެއް ނުނުކުންނަ ވާހަކައެވެ. އެހިސާބުން އެންމެ ގިނައިން ކަންކަން އަޅުވާނީ ފަހުޒަމާނުގެ ބޮލުގައެވެ. އެހިސާބުން އެންމެ ފަހު ސިއްކަ ޖެހުނީކަމަށް ބަލައެވެ. 

މިކަމަށް ވަރަށް ރަނގަޅު ބަސްފުޅެއް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ ވިދާޅުވެފައެވެ. 

"ކަންކަން އިޞްލާޙްކުރުމަށްޓަކައި 2 ކަމެއް ލާޒިމުވެގެންވެއެވެ. އެއީ އިޞްލާޙް ކުރުމުގައި ތެދުވެރި ނިޔަތް އޮތުމާއި އެކަމެއް އިޞްލާޙްކުރަން އޮންނަ ގޮތަށް އިޞްލާޙްކުރަން އުޅުމެވެ. މިއިން ކަމެއް އުނިވެއްޖެ ނަމަ އިޞްލާޙްކުރުމުގެ ބަދަލުގައި ވާނީ ފަސާދައެވެ." 

އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ ފަސާދަވުން އިތުރުވަމުން އަންނަތަނެވެ. މުޖުތަމަޢުވެސް އަދި އަމިއްލަ ގޭތެރެވެސްމެއެވެ. އެހެންކަމުން ޑޜ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ މި އަގުހުރި ބަސްފުޅުން ޢިބްރަތް ޙާޞިލްކުރުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން