ޢަދާވާތްތެރިން ގިނަވެއްޖެ! އެ އެންމެންގެ ނުބައިކަމުން ސަލާމަތްކަމަށް އެދި ކުރަންވީ ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ޢަދާވާތްތެރިން ގިނަވެއްޖެ! އެ އެންމެންގެ ނުބައިކަމުން ސަލާމަތްކަމަށް އެދި ކުރަންވީ ދުޢާއެއް-

ފުރަތަމަ ޢަދާވާތެރިންގެ ކުޑަ ތަޢާރަފެއް ދޭނަމެވެ. ޢަދާވާތެރިކަން އުފެދެނީ ތިމާގެ އަމިއްލަ އެދުން ބޮޑުވުމުންނެވެ. އެހެން މީހަކަށް ރަނގަޅު ގޮތެއް މެދުވެރިވުމަށް ނުއެދޭތީއެވެ. ވީމާ އެފަދަ މީހުންނަކީ ފުރިހަަމ އީމާންކަމުގައި ތިބި ބައަކަށްވެސް ނުވާނެއެވެ.  

ޢަދާވާތްތެރިން ގިނަވެގެން ދިއަވަރުން ޢަދާވާތްތެރި ނޫނީ ކާކުތޯ ސުވާލުކުރަންޖެހޭ ޙާލަތަށް އެކަން ހިނގައްޖެއެވެ. އެކުވެރިއަކު ފެނުނަސް އަދި އަމިއްލަ ގޭތެރޭގައި ފިޔަވަޅެއް އަޅާފައި ބަލައިލިނަމަވެސް ފެންނަން ހުންނަނީ ޢަދާވާތްތެރިއެއް ނޫން ކަމަށް ޤަބޫލުކުރަން އުނދަގޫ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ.  

ކަންކަން މިފަދައިން ހުރުމުން ޢާންމުކޮށް ބަލައިފިނަމަ ވަރަށް ގިނަބައަކަށް ދިރިއުޅެން ޖެހިފައި މިވަނީ ޢަދާވާތްތެރިނެގެ ފިތުނަވެރިކަމުގެ ތެރޭގައެވެ. ހަސަދަވެރިކަމާއި ފިތުނައިގެ ތެރޭގައެވެ. ސިހުރާއި އެސްފީނާގެ އުނދަގޫތައް ފޯރަމުންދާ ޙާލަތުގައެވެ.  

މިފަދަ ކޮންމެ ކަމެއްވެސް އެކުރަނީ ހަމަ އަނިޔާވެރިންނެވެ. މީގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މުސްލިމުންނަށް ދިރިއުޅެން ޖެހިފައިމިވަނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނާއި އެކުގައެވެ. މުސްލިމުންގެ މައްޗަށް އެމީހުންގެ ބާރާއި ނުފޫޒު ގެންދަނީ ފޯރުވަމުންނެވެ. އަދި ގެންދަނީ މުސްލިމުންނަށް އަނިޔާވެރިވެ އިހާނެތި ގޮތްތައް ހަދަމުންނެވެ.  

މިޙާލަތުގައި މުސްލިމުންނަށް އޮތީ ދުޢާކުރުމެވެ. އެގޮތުން ކުރަން ޤުރްއާނުގައި ބަޔާންވެގެންވާ  ދުޢާއެއް ހާމަކޮށްލާނަމެވެ.  

- عَلَى اللّٰهِ تَوَكَّلْنَا ۚرَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظّٰلِمِيْنَ (.) وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكٰفِرِيْنَ (.) 

"--ﷲ އަށް އަޅަމެން ވަކީލްކޮށްފީމުއެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެދަށުގައި) އަޅަމެން ނުލައްވަވާނދޭވެ! އަދި ކާފިރުވި މީހުންގެ ކިބައިން، އިނބަރަސްކަލާނގެ ރަޙްމަތްފުޅާއިލައިގެން، އަޅަމެން ސަލާމަތްކުރައްވަވާނދޭވެ!" (ޔޫނުސް: ،، 85، 86)  

އެއްވެސް ޝައްކެއްނެތެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ހުރެ ހަމައެކަކުވެސް އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ﷲ ތަޢާލާވަނީ އަނިޔާވެރިކަން އެކަލާނގެ ޒާތުފުޅަށް ޙަރާމް ކުރައްވަވައިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން