އީމާންކަމުގަ ކުރިއަރައިދއުމަށް ކުރަންހުރި ކަންކަނަ-

ކިޔުމަށް ހޭދަވާނީ 5މ 23ސ
އީމާންކަމުގަ ކުރިއަރައިދއުމަށް ކުރަންހުރި ކަންކަނަ-

ޢާއިޝަތު ރަފާޙް ޢަލީ

 

ތަޤްވާވެރިކަން އިތުރުކުރެވެންއޮތީ އީމާންކަމުގައި ކުރިއަރައިދެވުނު ވަރަކުންނެވެ. އީމާންތެރިކަމުގެ އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް ﷲ ތަޢާލާ ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގައި ބަޔާން ކޮށްދެއްވާފައިވެއެވެ.

އޭގެތެރެއިން ބައެއް ކަންކަން މިލިޔުމުގައި ހިމަނާލާނަމެވެ. 

 

· ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ތަދައްބުރުކޮށް ވިސްނުން: 

ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްރާ ސޫރަތުގެ 82 ވަނަަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾‏

މާނައީ: "ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ. (82)"

 

· ޝަރުޢީ ޢިލްމު ހޯދުމަަށް މަސައްކަތްކުރުން: 

އެގޮތުން ޝަރުޢީ ޢިލްމު ކިޔެވުމުގެ ސަބަބުން މީހާގެ އީމާންތެރިކަން ވަރުގަދަވުމަށާއި ﷲ ތަޢާލާއަށް ބިރުވެތިވުމަށް އެހީތެރިވެގެންދެއެވެ.

ﷲ ތަޢާލާ ފާޠިރް ސޫރަތުގެ 28 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ ۗ)

މާނައީ: اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ.

 

· ގިނަގިނައިން ﷲ ތަޢާލާގެ މަތީން ހަނދުމަ ކުރުން: 

އެކަމުގެ ސަބަބުން ހިތަށް ޝިފާ ލިބުމާއި، ޝައިޠާނާ ދުރުވެގެން ދިޔުމާއި، ކަންބޮޑުވުމާއި ހާސްކަން ނެތިގެން ދިޔުމާއި، ރިޒުޤުގެ ދޮރުތައް ހުޅުވުމާއި، ދުލުގެ އާފާތްތަކުން ދުރުހެލިވެގެން ދާނެއެވެ.

އެގޮތުން ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)"

 

· އިންސާނާގެ ނަފްސު ޙިސާބުކުރުން: 

ﷲ ތަޢާލާ ޙަޝްރު ސޫރަތުގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ﴿١٨﴾‏

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ކޮންމެ نفس އެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ عمل އެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (18) 

 

·  ދުނިޔޭގެ ދަޅަތަކަށް ނުހެއްލި އާޚިރަތް މަތީން ހަނދާން ކުރުން: 

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴿١٨٥﴾‏ މާނައީ: ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. (185)

 

· ގިނަ ގިނައިން ހެޔޮ ޢަމަލުކުރުމާއި، ހެޔޮ ޢަމަލުތަކުގައި ވާދަކޮށް ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިޔުން:

އެގޮތުން ފަރްޟު ނަމާދުތަކުގެ އިތުރަށް ސުންނަތް ނަމާދުތައް ކުރުމާއި، ސުންނަތް ރޯދަތައް ހިފުމާއި، ދަމުނަމާދު ކުރުމާއި، ޞަދަޤާތް ދިނުމާއި، ޒަކާތް ދިނުމާއި، ޛިކުރު ކުރުމާއި ދުޢާ ކުރުން ފަދަ އަޅުކަންތައް ކުރުމުގައި ދެމިހުރުމެވެ.

 

މިއަދު އޮންލައިން