ފާފަކުރެވޭ މީހުންވެސް ދުޢާކުރަންވާނީ "ޖަންނަތުލްފިރްދައުސް" ދެއްވެވުން އެދިގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފާފަކުރެވޭ މީހުންވެސް ދުޢާކުރަންވާނީ "ޖަންނަތުލްފިރްދައުސް" ދެއްވެވުން އެދިގެންތަ؟

އަހުރެންނަށް ފާފަކުރެވެއެވެ. މަސައްކަތް މިކުރަނީ ފާފަކުރުން ހުއްޓައިލުމަށެވެ. އެކަމަކުވެސް ބައެއް ފަހަރު ކުރެވެނީއެވެ. އަހުރެންގެ ސުވާލަކީ އަހުރެންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުން އެދިގެން ދުޢާކުރެވިދާނެތޯއެވެ؟  

މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ޖަވާބުގައި ބުނަން އޮތީ ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހެކެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ދެން އއޮތީ އެންމެ އުފާވެރި ބައެވެ. އެންމެ ރަނގަޅު، ހެޔޮލަފާ، އެންމެ މަތިވެރި މީހުންނަކީ ފާފަކުރެވުމުން ތައުބާވާ މީހުން ކަމަށް އޮތް ބަސްފުޅެވެ.  

ދެން އޮތީ ދުޢާކުރުމެވެ. ދުޢާކުރަން ﷲ ތަޢާލާ އަންގަވާފައި އޮތީ ޖަންނަތުލްފިރުދައުސް އެދިގެންނެވެ. ވީމާ ތިމާއަށް ފާފަކުރެވުނަސް ދުޢާކުރަންވާނީ ޖަންނަތުލްފިރުދައުސް އެދިގެންނެވެ. ﷲ ތަޢާލާއީ ތައުބާވާ އަޅުންނަށް އިމެއް ނެތި ރަޙްމަތް ލައްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. ވީމާ އަހުރެމެން އަބަދުވެސް ތިބެންވާނީ ތައުބާވުންމަތީގައެވެ. އަދި ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅަށް އެދިގެންނެވެ.

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން