ބުނާ އަގެއް ދެއްކުމަކީ ކުށްކުރިކަން އެނގިހުރެވެސް ކުށުން ކަލައިންޓް ބަރީޢަކުރަން ވަކާލާތުކުރުން ހުއްދަވާ ސަބަބެއްތޯ؟
ތިއައީ ދޭތެރެދޭތެރެއިން ކުރެވޭ ސުވާލެކެވެ. ޖަވާބު މިގެނެސްދެނީ ޑރ. ޒާކިރު ނައިކުގެ ބަސްފުޅަކުންނެވެ. އިން ޝާ ﷲ
ޚިޔާނާތްތެރިންނާއި އިސްލާމް ދީން ހުއްދަނުކުރާ، ދީނުގަ ޙަރާމްކުރައްވަވާފައިވާ ކުށެއްކުރި މީހަކު ކުށުން ބަރީޢަކުރަން ނުވަތަ އެމީހަކު ދިފާޢުކުރަން މަސައްކަތްކުރުމަކީ އިސްލާމް ދީން ހުއްދަކުރާކަމެއް ނޫނެވެ. އެކަން ސާބިތުވާ 2 އާޔަތް ކީރިތި ޤުރްއާނުގައި އެބައޮތެވެ! އަދި ޙަދީޘްފުޅުގައި އޮތީ ކުށްކުރުން ހުއްޓުވަން މަސައްކަތްކުރުމަށެވެ.
ވީމާ މީހަކު ކުށެއް ކުރިކަން އެނގިހުރެ އޭނާ ކުރިކުށުން ބަރީއަކުރަން މަސައްކަތްކޮށްދިނުން މުސްލިމް ވަކީލުންނަކަށް ހުއްދައެއް ނުވާނެއެވެ. ނަމަވެސް ދީނުގައި މަނާކޮށްފައިނުވާ، އެޤައުމެއްގެ ޤާނޫނުގައި މަނާކަމެއް ކުރުމުން ސަލާމަތްކުރަން މަސައްކަތްކުރެވިދާނެއެވެ! (އެއީ މާތް ﷲ އެކަން މަނާކުރައްވަވާފައިނުވާތީ!)
އަދި އައްނިސާ ސޫރަތުގެ 105 ވަނަ އާޔަތުގައި ވަޙީކުރައްވަވާފައިވަނީ "..ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތްކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!" ވީމާ ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތްކުރުންވެސް މުސްލިމް ޤާނޫނީ ވަކީލުންނަށް ހުއްދައެއް ނުވާނެއެވެ.
އަދިވެސް ވަޙީކުރައްވަވާފައިވެއެވެ. "އެއުރެންގެ އަމިއްލަ ނަފްސަށް ޚިޔާނާތްތެރިވާ މީހުންގެ ފަރާތުން ކަލޭގެފާނު ޖަދަލުނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ ޚިޔާނާތްތެރިވާ މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." (އައްނިސާ: 107)
މިއާޔަތުން އެނގެނީ ޚިޔާނާތްތެރިންނާ ބޭއިންސާފުން ކަންކަންކުރާ މީހުންގެ ދިފާޢުގައި މަސައްކަތްކުރުން ހުއްދަނޫން ކަމެވެ. ހުއްދަވެގެންވަނީ އޭނާކުރި ކުށަށް އިޢްތިރާފްވާނަމަ އޭނާއަށް ދެވޭ އަދަބުކުޑަކުރަން މަސައްކަތްކުރުމެވެ. (ﷲ ތަޢާލާ ޙައްދު ބާވައިލައްވަވާފައިނުވާ ކަންކަމުގައި)
އިސްލާމީ ޝަރީޢާ ޤާއިމުކުރާ ޤައުމެއްގައިވެސް އަދި އެނޫން ޤައުމެއްގައިވެސް ޤާނޫނީ ވަކީލުން މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ. އަދި މީހެއްގެ ޙައްޤު އަތުލައިގަތުމަށް މަސައްކަތްކުރުމާއި ދޮގު ހެކިހުށަހަޅައި ކުށްވެރިޔާ ސަލާމަތްކުރަން ދޮގުވާހަކަތައް ދެއްކުން ހުއްދައެއް ނޫނެވެ.
ވާހަކަދައްކަން މޮޅު ވަކީލުން ވާހަކަދައްކައިގެން ކުށްވެރިން އެބަ ސަލާމަތްކުރެއެވެ. މިއީ އެއްގޮތަކަށްވެސް ކުރުން ހުއްދަކަމެއް ނޫނެވެ.
ޑރ. ޒާކިރު ނައިކުގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/submittoallahofficial/videos/273995177394158