މި ޛިކުރު ކިޔައިގެން ހުންނަ މީހަކަށް އެދުވަހު ދެރައެއް ގެއްލުމެއް ދެވޭނެ މީހަކު ނުހުންނާނެ! ޝައިޠޯނަކަށްވެސް ކައިރިއެއް ނުވެވޭނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މި ޛިކުރު ކިޔައިގެން ހުންނަ މީހަކަށް އެދުވަހު ދެރައެއް ގެއްލުމެއް ދެވޭނެ މީހަކު ނުހުންނާނެ! ޝައިޠޯނަކަށްވެސް ކައިރިއެއް ނުވެވޭނެ!: ޢުމަރު ސުލައިމާން

މިޛިކުރު ކިޔައިފިމީހަކަށް އެދުވަހު ހުރެވޭނީ ތެދުމަގުގައެވެ. ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ކިބައިން ަރއްކައުތެރިކަން ދެއްވަވާނެތެވެ. އަދި ޝައިޠޯނަކަށް ކައިރިއެއްވެސް ނުވެވޭނެއެވެ. ޛިކުރު ކިޔުމުން އެމީހަކާއިއެކުގައިވާ މަލާއިކަތުން ޢިޖާބަ ދެއްވަވައި އެކަންކަން ބަޔާންކުރައްވަވާނެތެވެ.  

އެއިގެ އިތުރުން އެދުވަހު ތިބާ މަގުފުރައްދަން އަންނަ 2 ޝައިޠޯނުން އެކަތި އަނެކެއްޗަށް ބުނާނެއެވެ. "އެމީހަކަށް ތެދުމަގުލިބި ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާފައިވާ މީހަކަށް އަހުރެމެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ (ދެވޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެމީހަކު މަގުފުރައްދާނީ ކިހިނަކުން ހެއްޔެވެ؟" އެއީ އެމީހަކާއި އެދުވަހު ވައިވެސް ނުއެޅެވޭނެކަން އެނގޭތީއެވެ.  

މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.  

ޛިކުރު:  

بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ  

މީސްތަކުންނޭވެ! މިހައި ކުޑަކުޑަކަމަކުން މިހައި ބޮޑު މަތިވެރިކަމެއް ލިބެން އޮތްއިރުވެސް އަހުރެމެންނަށް މިއޮންނަނީ ހެނދުނު މިވަރު ކުޑަކަމެއްވެސް ކޮސްނުލެވިގެންނެވެ. އެހެންވިޔަނުދޭށެވެ! ހެދުނުގެ ޛިކުރުތަކުގެ ތެރޭގައި ހިމަނައިގެން މިފަދަ ޛިކުރުތައް ކިޔާށެވެ!

ޙަސަދަވެރިންނާއި ޢަދާވާތްތެރިން މިހައި ގިނައިރު މިހުންނަނީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަންކަމެވެ. މުޅި ދުވަހު ޢަދާވާތްތެރިންނާއި ޙަސަދަވެރިންގެ ނުބައިކަމުންނާއި ޝައިޠޯނާގެ ކިބައިން ސަލާމަތްވެގެން ހުރެވެން އޮއްވައި އެކަން ލިބިނުގަނެ ދޫކޮށްލަން ހެޔޮނުވާނެއެވެ.

 

- މަޢުލޫމާތު: ޢުމަރު ސުލައިމާނުގެ ދަރުސަކުން  

މިއަދު އޮންލައިން