މީސްތަކުންނަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ކިރިޔާ ކަމެއް އެނގޭހެން ހީވިޔަސް ވިސްނުން މާމައްޗަށް ގެންދަނީއެވެ. ސުވާލުތައް ގިނަކުރަމުންގޮސް ﷲ ތަޢާލާގެ ޙަޟްރަތާއިމެދުގައިވެސް ސުވާލުތައް އުފައްދަނީއެވެ. ﷲ ތަޢާލާ ވޮޑިގެންވާ ސިފަފުޅުތަކާއިބެހޭގޮތުންވެސް ސުވާލުތައް ކުރަނީއެވެ. އެގޮތަށް އެކަން ނުކުރާށެވެ!
އެކަން ތިރީގައިވާ ޙާދިސާއިންވެސް އެނގިގެންދެއެވެ.
މޫސާގެފާނުގެ ޤައުމުގެ މީހުންނަކީ އާދައާ ޚިލާފަށް ޝަކުވާ އާއި ސުވާލުތައް ގިނަ ބައެކެވެ. އެހެންވެ ބައަކު އައިސް ސުވާލުކުރިއެވެ؟ "ﷲ ތަޢާލާ އަވަހާރަފުޅުލައްޕަވާހެއްޔެވެ؟" މިސްތަކުންގެ އުސުވާލާއި ގުޅިގެން މޫސާގެފާނު ﷲ ތަޢާލާ އާއި އެސުވާލުކުރެއްވެވިއެވެ.
ޖަވާބުގައި ﷲ ތަޢާލާ މޫސާގެފާނަށް އެންގެވީ އެރޭ އެއްގޮތަކަށްވެސް އަވަހާރަފުޅު ނުލެއްޕެވުމަށެވެ. އަދި ދެއަތްޕުޅުން ބިއްލޫރި 2 ފުޅި ހިއްޕަވައިގެން އިންނެވުމަށެވެ. (އެއީ ކުރައްވަން ކިތަންމެ އުނދަގޫފުޅު ކަމަކަށްވާނެ ނަމަވެސް މޫސާގެފާނަކީ ރަސޫލް ބޭކަލަކަސްވުމުން ﷲ ތަޢާލާ އެންގިވިގޮތަށް ޢަމަލުފުޅު ކުރެއްވެވިއެވެ.
ރޭދަންވަމުން ދިއަވަރަކަށް ނިދިޖެހިވަޑައިގަތެވެ. އަދި ރޭގަނޑުގެ ވަޤުތެއްގައި އަވަހާރަފުޅު ލެއްޕެވިގެން ވެއްޓިވަޑައިގެންނެވިއެވެ. އަތްޕުޅުގައި އޮތް 2 ފުޅިވެސް ވެއްޓިތެޅިއްޖެއެވެ.
އެވަޤުތު މަލާއިކަތުން މޫސާގެފާނަށް ދެންނެވިއެވެ. "ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ އަވަހާރަފުޅު ލައްޕަވައިފިނަ 7 އުޑު އެއިގެ މަންޒިލްތަކުން ނައްޓާލައި ފުނޑުފުނޑުވެގެން ބިންމައްޗަށް ވެއްޓޭނެއެވެ. ވާނީ ކަލޭގެފާނުގެ އަތްޕުޅުގައި އޮތް 2 ފުޅިއަށްވީ ގޮތަށެވެ."
- ޝައިޚް މުޙައްމަދު ހޮބްލޮސް ގެ ދަރުސަކުން