ޢަރަބިބަހުން ކިޔަވައިދޭ ސްކޫލަކީ ޢަރަބިއްޔާ ކަމަށް ހެދިނަމަވެސް ހުރިހާ ސްކޫލުތަކުގައިވެސް ޢަރަބިއްޔާގެ ތަރުބިއްޔަތު ދެވޭނަމަ ދަރިވަރުންގެ އަޚްލާޤުން ބޮޑުތަފާތެއް ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޢަރަބިބަހުން ކިޔަވައިދޭ ސްކޫލަކީ ޢަރަބިއްޔާ ކަމަށް ހެދިނަމަވެސް ހުރިހާ ސްކޫލުތަކުގައިވެސް ޢަރަބިއްޔާގެ ތަރުބިއްޔަތު ދެވޭނަމަ ދަރިވަރުންގެ އަޚްލާޤުން ބޮޑުތަފާތެއް ފެންނާނެ! އިން ޝާ ﷲ

ޘާނަވީ އިމްތިޙާނުތަކުންނާއި މަތީ ޘާނަވީ އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އަދި ރަނަވަނަތައް ހޯދާ ދަރިވަރުންގެ ޢަދަދުވެސް އިތުރުވަމުން އަންނައިރު ކުދިންގެ އަޚަލާޤަށް ނޭދެވޭ ބަދަލު އަންނަ ސަބަބާއިމެދު ގިނަ ބައަކު ކަނބޮޑުވެއެވެ. އެއީ ކޮންބައެއްގެ އިހްމާލުން މެދުވެރިވާ ކަމެއްކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ. 

އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ފުރަތަމަ ބައަކީ މައިންބަފައިންނެވެ. ހަމައެޢާއިއެކު ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ މައްސަލައަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ. ޢުމަރުޒާހުރާއި ޢުމަރުބެފަދަ ޝަޚްޞިއްޔަތުން ނުފެންނަކަން އެއީވެސް ބޮޑު މައްސަލައެކެވެ. 

ދެން އުފެދޭ ސުވާލަކީ ޕްރިންސިޕަލުންނާއި ހެޑްމާސްޓަރުން ދުނިޔޭގެ ފެންވަރުން ކިޔަވައިގެން އައިސްތިބޭއިރު ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް މިހައި ބޮޑުވަމުން މިދަނީ ކީއްވެގެންހެއްޔެވެ؟ މުޅި ތަޢުލީމީ ނިޒާމުގައި ބޮޑު މައްސަލައެއް އުޅޭތީ ނޫންހެއްޔެވެ؟ 

މިސުވާލުތަކުގެ ޖަވާބު ފިނިކޮޓަރީގައި ކުރާ ވަށްމޭޒު ޖަލްސާއަކުން ދެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއަށްވުރެ މާބޮޑަށް ފުޅައުކުރަން މިހާރުވެސް މާލަސްވެއްޖެއެވެ. ޕީޓީއޭތަކުގެ މަސްއޫލިއްޔަތު އިތުރަށް ފުޅައުކުރަން އެބަޖެހެއެވެ. 

ކިޔަމުންދާ ބައެއް ޚުޠުބާތަކަށް ބަލައިލާއިރު ފާހަގަކުރެވޭ އެއްކަމަކީ ކޮންމެ ދާރާއަކުން ޢިލްމު އުނގެނުނު ކަމުގައިވީނަމަވެސް  އިސްލާމް ދީނުގެ އަސާސްތަކާއި އިންތަކުގެ ތެރެއިން ޢިލްމު އުނގެނެން ގޮވައިލާކަމެވެ. ފައިދާކުރަނިވި ޢިލްމް އުނގެނި މީސްތަކުންނަށް ނަޞޭޙަތްދީ ދީނާއިމެދު ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރަން ގޮވާލާފައިވާ ކަމެވެ. 

މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމެކެވެ. ނުވަތަ ޤަޞްދުގައި ވަރަށް ބޮޑަށް އިޙްމާލްވަމުން އަންނަ ކަމެކެވެ. ވިސްނެނީ ދަރިންނަށް ކޮންމެ ދާއިރާއަކުން ނަމަވެސް މަތީ ތަޢްލީމް އުނގަންނައިދީ ބޮޑު މުސާރައެއް ލިބޭ މަޤާމަކަށް ދަރިފުޅަށް ދެވިއްޖެނަމަ އެއޮތީ ދަރިފުޅުގެ ހުރިހާ ކަންކަން އެންމެ ކުރިއަރާފައި ކަމަށެވެ. 

އެއީ ނުބައި ވިސްނުމެއްކަން އެންމެ ފަސޭހައިން އެނގިގެންދާނީ މިސްކިތްތަކުންނެވެ. ޖަމާޢަތުގެ ނަމާދަށް އަރާ ޒުވާނުންގެ ޢަދަދަށް ބަލައިލުމުންނެވެ. އިސްލާމި ތަޢްލީމާއި ތަރުބިއްޔަތާއި ދުރުހެލިވެ ތިބެ ތަޢްލީމީ މަތީ ފާސްތައް ނަގައިގެން ތިބި ޒުވާނުން މިސްކިތަށްއަރާ އަދަދު ބަލައިލުމުން އެކަން ވަރަށް ފަސޭހައިން އެނގިގެންދާނެއެވެ. 

މީސްތަކުންނަށް އެ ޢިލްމަކުން ފައިދާކުރާނެ ކޮންމެ ޢިލްމަކުންވެސް ކުރިއަރައިދާންވީއެވެ. އެކަމަކަށް އެއްވެސް މައްސަލައެއް ނެތެވެ. އަދި ހުރަހެއްވެސް ނެތެވެ. މުހިންމީ އިސްލާމް ދީންވެސް އެނގިފައި އޮތުމާއި އިސްލާމީ ތަރުބިއްޔަތު ލިބިފައިވުމެވެ. ކޮންމެ ދާއިރާއަކުން މަތީ ތަޢްލީމް ޙާޞިލްކުރި ނަމަވެސް އިސްލާމް ދީންގެ އަސާސްތައް އެނގި އަދި ތަރުބިއްޔަތުވެފައިވާނަމަ އެދަރިވަރަކު ހުންނާނީ ޙައްޤު މަގުގައެވެ. އިން ޝާ ﷲ 

ޢަރަބިއްޔާ ސްކޫލުން ކިޔެވި ކޮންމެ ދަރިވަރަކު ވެފައިވަނީ ބޮޑު ދީނީ ޢިލްމުވެރިއަކަށް ނޫނެވެ.  އެދަރިވަރުންގެ ތެރޭގައި ތަފާތު ދާއިރާތަކުން މަތީތަޢްލީމް ޙާޞިލްކޮށްފައިވާ ދަރިވަރުން ވަރަށް ގިނައެވެ. އެހެނަސް އެދަރިވަރުންގެ ކިބައިގައިވާ ޚާއްޞަކަމަކީ އިސްލާމީ ތަރުބިއްޔަތު ލިބިފައިވުމެވެ. އެކަމުގެ ފައިދާ އެދަރިންގެ ހަޔާތަށް ހުރިހާ ގޮތަކުން ކުރާކަމެވެ. އިން ޝާ ﷲ

މިއަދު އޮންލައިން