މުފްތީ މެންކް ދަރުސްއެއް ދެއްވައި ނިންމަވައިލެއްވިތަނުން މީހަކު މުފްތީ މެންކަށް ދަޢުވަތެއް ދިނެވެ. ދަޢުވަތު ޤަބޫލުފުޅުކުރައްވައި އޭނާގެ ގެއަށް ވަޑައިގަތެވެ. އެންމެން މަޝްވަރާކުރަން ތިބެފައި ފެނުނީ ކުއްލިއަކަށް ދަޢުވަތުދިން މީހާ ތެދުވެގެން ދިއަ ތަނެވެ.
އެނާ ދިއުމުން މުފްތީ މެންކްވެސް ތެދުވެވަޑައިގެން ވަޑައިގަތީ މިސްކިތަށެވެ. އެއިރު އެމީހާ މިސްކިތުގެ ކުރީ ސަފުގައި ހުއްޓެވެ. ނަމާދުނިމިގެން މުފްތީ މެންކް އޭނާއާއި ސުވާލުކުރެއްވިއެވެ. "އަހުރެންގެ ގާތުގައި ބުނެވެސް ނުލައި ނުކުމެގެން އައީ ކީއްވެގެން ހެއްޔެވެ؟ ބުނި ނަމަ އެކުގައި އައުދެވުނީސް ނޫންހެއްޔެވެ؟
އޭނާ ކުރީ ސުވާލެކެވެ. "ބަންގީގެ އަޑު ތިބާއަށްވެސް އިވުނެއް ނޫންހެއްޔެވެ؟" ޖަވާބުގައި އިވިވަޑައިގެންނެވިކަމަށް ވިދާޅުވުމުން ދެންވެސް ކުރީ ސުވާލެކެވެ. "ﷲ ތަޢާލާ އަހުރެންނަށް ގޮވައިލައްވަވާ އަޑުއިވުމުން ވާހަކަ ދައްކަން މަޑުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟"
އެނގިގެން މިދިއައީ ބަންގީގެ އަޑުއިވުމުން އެއްވެސް ބައްދަލުވުމެއް ނުވަތަ އެހެންވެސް ކަމެއް މުހިންމު ނޫންކަމެވެ. މުހިންމީ ބަންގި ކަމެވެ. ބަންގިއަށް ޢިޖާބަދީ އަވަހަށް މިސްކިތަށް ދިއުން ކަމެވެ.
މިވާހަކަ ނުބައިކޮށް މާނަނުކުރާށެވެ! އަހުރެނާއި މުފްތީ މެންކާއި އެކުގައި ވަނިކޮށް ބަންގިގޮވައިފިނަމަ އަބަދުވެސް ނަމާދަށް އަވަސްވެވަޑައިގަންނަވައެވެ. އަހުރެން މިދިން މެސެޖަކީ ބަންގިގޮވުމުން އެކުގައި ތިބި މީހުންގެ ޢިއްޒަތްތެރިކަމަށް ނުަވަތަ ތަނަވަސްކަމަށް ނުބަލާށެވެ! ނަމާދަށް އަވަސވެގަންނާށެވެ! އެމީހާ ފަދައިންނެވެ.
ޔާ ﷲ! އަޅަމެންނަކީ އެމިހާ ފަދައިން ބަންގިއަށް ޢިޖާބަދީ ނަމާދުތަކަށް ރައްކައުތެރިވާ ބައަކު ކަމުގައި ލައްވަވާނދޭވެ! އާމީން!