ބުއްދިވެރިންނަކީ ހިތްދަތި ނުވަތަ ދަތިއުނދަގޫ ޙާލަތެއް ކުރިމަތިވުމުން އެކަން އަޅުކަމަކަށް ހަދައި އިމެއް ނެތި ޘަވާބުހޯދާ މީހުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ބުއްދިވެރިންނަކީ ހިތްދަތި ނުވަތަ ދަތިއުނދަގޫ ޙާލަތެއް ކުރިމަތިވުމުން އެކަން އަޅުކަމަކަށް ހަދައި އިމެއް ނެތި ޘަވާބުހޯދާ މީހުން!: މުފްތީ މެންކް

ކެތްތެރިކަމަކީ އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަންކަމަށް ބުނެފީމެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.  

ހިތްދަތިކަމާއި ދަތިއުނދަގޫ ޙާލަތުގައި އުޅެންޖެހުމުގެ ވާހަކަ ބަޔާންކުރައްވަވާފައި އޮތް ޙަދީޘްފުޅުގައި އެބަ އޮތެވެ. އެފަދަ ޙާލަތެއް މެދުވެރިވުމުން ކެތްތެރިވެއްޖެ މީހަކަށް ގިނަގުނަ ޘަވާބު ދެއްވަވާނެ ކަމަށެވެ.  

ކެތްތެރިންނަށް ޘަވާބު ދެއްވަވަނީ އެއްވެސް އިމެއް ނެތިއެވެ. ދެން ނިކަން ބުނެބަލާށެވެ! ކެތްތެރިވުމަކީ ޘަވާބު ދެއްވަވާ އަޅުކަމަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! ހިތްދަތިކަމާ އަދި ދަތި އުނދަގޫ ޙާލަތު އެންމެންނަށްވެސް ކުރިމަތިވާނެއެވެ. ނަމަވެސް އެއީ ދާދި އަވަހަށް ނިމި ފިލައިގެންވެސް ދާނެ ޙާލަތެކެވެ. ވީމާ މިބަޔާންކުރި ފަދައިން ޘަވާބުތައް ލިބިގަންނަން އެލިބެނީ ކުޑަކުޑަ ވަޤުތު ކޮޅެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން