ޢަޤީދާއަށް ލޮޅުން އަރައިފާނެ ޗެނެލްތައް ބެލުމަކީ ނުރައްކާތެރި ކަމެއް! ބޭނުންކުރާ އުކުޅުތައް ވަރަށް ބިރުވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޢަޤީދާއަށް ލޮޅުން އަރައިފާނެ ޗެނެލްތައް ބެލުމަކީ ނުރައްކާތެރި ކަމެއް! ބޭނުންކުރާ އުކުޅުތައް ވަރަށް ބިރުވެރި!

މިހާރަކަށް އައިސް އެހެން ދީންތައް ފަތުރަން ބައެއް ޗެނެލްތަކުން ބޭނުންކުރަނީ ވަރަށް ނުރައްކައުތެރި އުކުޅެކެވެ. ދީނީ ވާހަކަތަކާއި ޘަޤާފަތްތައް ގެންނަނީ ފިލްމާއި ޑްރާމާއާއި ޞިއްޙީ ރިޕޯޓްތަކުގެ ތެރޭގައެވެ. މިއުޅެނީ އެކަންކަން ފަތުރަންކަން ނުވެސް އެނގޭނެ ގޮތަކަށެވެ.  

ބައެއް މީހުން އެފަދަ ޗެނެލްތައް ބަލަނީ ދީނާއި ދުރުހެލިވުމުގެ ނިޔަތުގައި ނޫންނަމަވެސް އެކަމުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ތެރެއިންވެސް އަންނަނީ ފެންނަމުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.  

މުސްލިމަކު އެހެން ދީނެއްގެ ޗެނަލެއް އަޑުއެހުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ   

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

އިސްލާމް ދީން ނޫން އެހެން ދީނަކަށް ތަބާވުމަށް ގޮވާލާ ޗެނަލެއް މުސްލިމަކު އަޑުއެހުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އެފިތުނައިގައި ޖެހިދާނެކަމުގެ ބިރަށްޓަކައެވެ. އެކަމުން އިސްތިޘްނާ ކުރެވިގެންވަނީ ޢިލްމުވެރިންނެވެ. އެބައިމީހުންގެ އެ ބާޠިލު ދަޢުވާތަކަށް ރައްދުދީ، މުސްލިމުންނަށް އެކަންކަމުން ރައްކާތެރިވުމަށް އިންޛާރުދިނުމަށްޓަކައި ޢިލްމުގެ އަހުލުވެރިންނަށް އެފަދަ ޗެނަލްތައް އަޑުއެހިދާނެއެވެ. 

[ބައްލަވާ: فتاوى اللجنة الدائمة، المجموعة الثانية (1 / 447) رقم الفتوى: (17976)]

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

#sheikhimranQA

މިއަދު އޮންލައިން