އަމިއްލަ ދަރިންނަށް ކަމަށްވީނަމަވެސް ފާފަނުކުރަން ނަޞޭޙަތްދޭންވާނީ ޙިކުމަތްތެރިކަމާއެކު! ނޫންނަމަ ގާތީ ފައިދާ ނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަމިއްލަ ދަރިންނަށް ކަމަށްވީނަމަވެސް ފާފަނުކުރަން ނަޞޭޙަތްދޭންވާނީ ޙިކުމަތްތެރިކަމާއެކު! ނޫންނަމަ ގާތީ ފައިދާ ނުކުރުން!

މީހަކު ފާފައެއް ކުރަނިކޮށް ފެނިއްޖެނަމަ އެކަން ހުއްޓުވަން މަސައްކަތްކުރަންވާނެއެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތްވާޖިބެކެވެ. އަމިއްލަ ދަރިން ފަދަ ޢާއިލާގެ މީހުން ފަދަ އަދި ގާތް އެކުވެރިންނަށް ކަމަށްވާނަމަ އިތުރަށް ބާރުއަޅައި މަސައްކަތްކުރަންވާނެއެވެ. 

އެހެނަސް ވިސްނުންތެރިކަމާއިއެކުގައެވެ. އެހެންވެ މިޘާލަކަށް މީހަކު ބަނގުރާ ހުރި ތަށްޓެއް އަތުން ހިފައިގެން ބޯންހުއްޓައި ފެނުނަސް އަހުރެން ބުނާނީ "އަޚާއެވެ! ތިއަކުރަނީ މުސްލިމުން ކުރަން ހުއްދަ ކަމެއް ނޫނެވެ!"  

އެހެން މީހަކު ބުނެފާނެއެވެ. "ތިއަކުރަނީ ޙަރާމް ކަމެކެވެ!" އެހެން ބުނުމުގެ ޙައްޤުވެސް އެބަ އޮތެވެ. އެހެނަސް ވިސްނާލަންވީ މިޒަމާނުގައި އެމީހުން ޚާއްޞަކޮށް ޒުވާނުން ނުރުހޭ ގޮތަކަށް ބުނެވޭއިރަށް ރައްދުދޭނެ ކަމެވެ. "ކަލޭތީ އަހުރެން ކުރާ ކަންކަމަށް ޙުކުމްކުރަން ކާކު؟" ތޯ ސުވާލުކުރާނެތީއެވެ.  

ބަނގުރާ ތަށްޓެއް އަތުން ހިފައިގެން ނުބޮއިވެސް ހުރެދާނެއެވެ. އެއީ އެހެން މީހެއްގެ ތަށްޓެއް ހިފަހައްޓާލައިދިނީކަމަށް ވެދާނެއެވެ. އެގޮތަށް މެދުވެރިވިނަމަވެސް އެނގެނީ އަހުރެމެން ވިސްނައި އިޞްލާޙްކުރަންޖެހޭ ކަންކަން ވަރަށް ގިނަކަމެވެ. އެހެނީ ބަނގުރާހުރި ތަށްޓެއް އުފުލުންވެސް މުސްލިމުންނަށް ޙަރާމެވެ.  

މިވާހަކަ މިދައްކަނީ އެކުވެރިންނަށް އަދި ދަރިންނަށް ނަޞޭޙަތް ދިނުމުގައިވެސް ވިސްނުންތެރިވާން ބުނުމަށެވެ. އެމީހުން ކުއްލިއަކަށް ރުޅިއަރުވާނުލައި ހެޔޮމަގު ދައްކައިދީގެން މެނުވީ އެއްވެސް ކަމެއް އިޞްލާޙެއް ނުކުރެވޭނެއެވެ.  

ދެން ބުނެލަން އޮތީ ނަޞޭޙަތް ދިނުމުން ރައްދު ދިނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. މުސްލިމުންނަށްވެސް ފާފަތައް ކުރެވޭނެއެވެ. އަދި އެފަދަ ކަމެއް ފެނިއްޖެނަމަ ނަޞޭޙަތް ދިނުމަކީ ﷲ ތަޢާލާ ވާޖިބު ކުރައްވަވާފައިވާ ކަމެކެވެ. ވީމާ މީހަކު ހެޔޮ ނަޞޭޙަތެއް ދީފިނަމަ ރުޅިނުއަންނާށެވެ. އެކަން ޤަބޫލުކުރާށެވެ. އަދި އޭނާ އަދާކުރީ ދީނީ ގޮތުން އަދާކުރަންޖެހޭ ވާޖިބެއްކަން ޤަބޫލުކުރާށެވެ! އަދި ތިމާއަށް ތެދުމަގު ދައްކައިދޭން މަސައްކަތްކުރީތީ ޝުކުރުވެރިވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން